logo
Bank of Maldives

Bank of Maldives

ޚަބަރު

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ރޭވުމާ އެއްގޮތަށް ކުރިއަކަށް ނުދޭ: އިސްރާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
16 މާރިޗު 2026 - 10:27
އިސްރާއީލްގެ އަސްކަރީ އިސްވެރިންތަކެއް ބައްދަލުވުމެއްގައި
އިސްރާއީލްގެ އަސްކަރީ އިސްވެރިންތަކެއް ބައްދަލުވުމެއްގައި

އިސްރާއީލުގެ ސަލާމަތީ މަސްދަރުތަކުން ބުނާ ގޮތުގައި، އީރާނާ ދެކޮޅަށް މިހާރު ކުރިއަށްދާ ހަނގުރާމަ، އަސްކަރިއްޔާއިން އެންމެ ފުރަތަމަ ކަނޑައެޅި ދުވެލީގައި ކުރިއަކަށް ނުދެއެވެ.

އިސްރާއީލުގެ ރަސްމީ މީޑިއާއިން އާދީއްތަ ދުވަހު، ސަލާމަތީ ދާއިރާގެ ނަން ހާމަނުކުރާ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަނގުރާމައިގެ ފުރަތަމަ ހަމަލާތައް ކުރިއަށްދިޔައީ އުންމީދު ކުރިވަރަށްވުރެ ކާމިޔާބުކޮށެވެ. ނަމަވެސް، ހަނގުރާމައިގެ ޖުމްލަ ކުރިއެރުން ހުރީ އަސްކަރިއްޔާއިން ކުރިން އެކުލަވާލި ތާވަލާ އެއްގޮތަކަށް ނޫން ކަމަށް އެ ފަރާތްތަކުން ފާހަގަކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، އެ މަސްދަރުތަކުން ބުނި ގޮތުގައި އީރާނުގައި ކުރިއަށްގެންދާ ހަނގުރާމައިގެ މަގްސަދުތަކާ މެދު އަލުން މުރާޖައާކޮށް ގޮތްތަކެއް ކަނޑައަޅަން ޖެހެއެވެ.

އަދި އަސްކަރީ ހަރަކާތްތައް ކުރިއަށްދާ ގޮތް ހުރީ ހަނގުރާމަ ފެށިއިރު އިސްރާއީލުން ކަނޑައެޅި ތަރުތީބާ އެއްގޮތަށް ނޫން ކަމަށްވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.

އޮފިޝަލުން ފާހަގަކުރި ގޮތުގައި، އިސްރާއީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އީރާނުގެ ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނެރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމެވެ. އިސްރާއީލުގެ ބައެއް ލަފާކުރުންތަކުގައިވާ ގޮތުން ހަނގުރާމައިގެ ތެރޭގައި އެފަދަ މުޒާހަރާތަކެއް ހިނގާނެ ކަމަށް އޮތީ ބެލެވިފައެވެ.

މަސްދަރުތަކުން ދައުވާކުރާ ގޮތުގައި، އެމެރިކާއާއި އިސްރާއީލުން އަންނަނީ އީރާނާ މެދު އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރާވަމުންނެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ހަނގުރާމައިގެ މިސްރާބަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަނގުރާމައިގެ ކުރީކޮޅު އެ ގައުމުގެ ވައިގެ ސިފައިންގެ އެންމެ މުހިންމު އެއް އަމާޒަކީ އީރާނުގެ ވައިގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ހޯދުން ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އީރާނުގެ އެތެރޭގައި ހުރި ގާތްގަނޑަކަށް 100 ވައިގެ ދިފާއީ ނިޒާމާއި 120 ރާޑަރު ނިޒާމު ވަނީ ހަލާކުކޮށްލާފައެވެ. އަނެއްކޮޅުން، ފެބުރުވަރީ 28 ގައި ފެށުނު މި ހަނގުރާމައިގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ތެހެރާނުން ވަނީ އިސްރާއީލަށް ގާތްގަނޑަކަށް 360 މިސައިލް ފޮނުވާލާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ ހުށަހެޅުންތަކަށް ހިޒްބުالله އިން ދެކޮޅު ހަދައިފިދުނިޔެ | 4 ދުވަސް ކުރިން40 ދުވަހުގެ ތެރޭގައި އީރާނަށް 18,000 ބޮން އަޅައިފިން: އިސްރާއީލްޚަބަރު | 7 ދުވަސް ކުރިންއެމެރިކާ އާއި އިޒްރޭލަށް "އެންމެ ބޮޑު ފިއްތުންތައް" ކުރިމަތިކުރުމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފިދުނިޔެ | 8 ދުވަސް ކުރިންއެއްބަސްވުމަށްފަހު ވެސް އިސްރާއީލުން ލުބްނާނަށް ހަމަލާދޭތީ އީރާނުން އެމެރިކާ އަށް އިންޒާރުދީފިދުނިޔެ | 9 ދުވަސް ކުރިން