logo
Bank of Maldives

Bank of Maldives

ޚަބަރު

އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާއި ޚިލާފުވެއްޖެނަމަ ބޮޑު ޖޫރިމަނާއެއް

އާމިނަތު ޝަފާ
10 އޮކްޓޯބަރު 2024 - 07:52
އުމްރާއަށް މީހުން ގެންދިއުމުގެ  އުސޫލާއި ޚިލާފުވެއްޖެނަމަ ބޮޑު ޖޫރިމަނާއެއް ލިބޭގޮތަށް ވަނީ ގަވާއިދު އެކުލަވާލާފައި
އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާއި ޚިލާފުވެއްޖެނަމަ ބޮޑު ޖޫރިމަނާއެއް ލިބޭގޮތަށް ވަނީ ގަވާއިދު އެކުލަވާލާފައި

ދިވެހިރާއްޖެއިން މީހުން ގެންދާ ޖަމާޢަތަކުން، އުމްރާއަށް ގެންދިއުމާއި ގުޅޭ އުސޫލާއި އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ ބޮޑު ޢަދަދަކުން ޖުރިމަނާ ކުރެވޭ ގޮތަށް، ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާއި ބެހޭ އުސޫލެއް ހަދާ ގެޒެޓުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ގެޒެޓުކުރި އުސޫލުގައިވާ ގޮތުން ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް 500،000 އާއި ހަމައަށް ޖުރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުންވެސް އުސޫލާއި ޚިލާފުވާ ފަރާތްތަކަށް ޖުރިމަނާގެ ބޮޑެތި އަދަބުތަކެއް އުސޫލުގައި ވަނީ ހިމަނާފައެވެ. އެގޮތުން ވުޒާރާއާއި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުންޏާމެދު ސޮއިކުރާ އެއްބަސްވުމާއި ކުންފުންޏަކުން ޚިލާފުވެއްޖެ ނަމަ، އެ މައްސަލައެއްގެ ކުޑަ ބޮޑު މިނަށްބަލާ  1،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ކުންފުންޏެއް ޖޫރިމަނާކުރެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި، އެ އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލެއް ކޮށްފި ނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮތް ކުންފުންޏަކުން ހުއްދައިގެ މުއްދަތުގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ އެއްވެސް ޢަމަލަކާއި ގުޅޭ މައްސަލައެއް ހުށައަޅައިގެން އެ މައްސަލަ ބަލަމުންދާނަމަ، އެ ފަރާތެއްގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑު ކުރުމުގެ އިޚުތިޔާރުވެސް މި އުސޫލުގެ ދަށުން ވުޒާރާއަށް ލިބިގެންދާނެއެވެ. މީގެ އިތުރުން މި އުސޫލުގެ އެއްވެސް މާއްދާއަކާއި ޚިލާފުވެއްޖެނަމަ އެ ކުންފުންޏަކަށާއި އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެއްވެސް ފަރާތެއް ހިމެނޭ ކުންފުންޏަކަށް ކުރިއަށް އޮންނަ ތިން އަހަރު ދުވަހު ޢުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދަ ނުދެވޭނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މި އުސޫލާއެކު އަހަރުގެ ކޮންމެ ހިސާބަކުވެސް އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައެޅޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. މިއީ އުމްރާއަށް މީހުން ގެންދާ ފަރާތްތަކަށް ލިބިގެންދާނެ ލުއިއެއްކަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

140 ބައިވެރިނާއެކު، ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގެ އިންޓަވިއު ފަށައިފިޚަބަރު | 4 ދުވަސް ކުރިންފުރަތަމަ ފަހަރަށް އައްޑޫން ސައުދީގެ ޖިއްދާ އަށް ބާއްވާ ފްލައިޓު މިރޭ ފަތިހު ފުރަނީޚަބަރު | 6 ދުވަސް ކުރިންގައުމީ ގުރުއާން މުބާރާތް: ކ. އަތޮޅާއި، މާލެ ސިޓީގެ އޮޑިޝަން ފިޔަވާ ހުރިހާ އޮޑިޝަނެއް ނިންމާލައިފިޚަބަރު | 15 ދުވަސް ކުރިންމާލެ ސަރަހައްދުގެ ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނާ ޝަހީމް ބައްދަލުކުރައްވައިފިޚަބަރު | 18 ދުވަސް ކުރިން