logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

އެފްއޭއެމްގެ ޚިޔާނާތުގެ އިސް މޭސްތިރިޔާ ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފި

ޒިދާން މުޙައްމަދު
17 މާރިޗު 2026 - 11:17
ބައްސާމް
ބައްސާމް

32 އަހަރުގެ ޖަލު ހުކުމުގައި ހުރި ބައްސާމް އަދީލް ޖަލީލް ގެއަށް ބަދަލުކުރުމަށް ފަހު އަލުން ޖަލަށް ބަދަލުކޮށްފިއެވެ.

ދިގު ޖަލު ހުކުމެއްގައި ހުރި ބައްސާމް ގޭބަންދަށް ބަދަލުކޮށްފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ބައްސާމް ވަގުތީ، ޒަރޫރީ ގޮތުން ގޭބަންދަށް އިއްޔެ ބަދަލުކުރީ އޭނާގެ ސާޖަރީއަކަށް ފަހު ޑޮކްޓަރުންގެ ސިއްހީ ލަފާގެ މަތިން، ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލުކުރަން އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ނަމަވެސް، ސާޖަރީއަށް ފަހު ދޭ ފަރުވާ އަށް އޭނާ މިވަގުތު ޖަލުގައި ބަހައްޓައިގެން އަވަސްކޮށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުމުން އަލުން ޖަލަށް ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

ބައްސާމްގެ މައްޗަށް 32 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ އެފްއޭއެމްއަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އާއި އިތުރު 10،000 ޑޮލަރު (154،000ރ.) އަށް ޚިޔާނާތްތެރިވުމާއި އަދި އެ ފައިސާ ލޯންޑާ ކުރުމުގެ ކުށުގައި ބައްސާމްގެ މައްޗަށް ކުރި ހަތަރު ދައުވާއެއް ސާބިތުވެގެންނެވެ.

އޭގެ ތެރެއިން ފުރަތަމަ ދައުވާގައި އޭނާ ޖަލަށްލާން ހުކުމްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްއޭއެމްގެ ޚިޔާނާތުގެ އިސް މޭސްތިރިޔާ ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންބައްސާމަށް އިތުރު 23 އަހަރު ޖަލުގައި ހޭދަކުރަން ޖެހިއްޖެ ޚަބަރު | 2 މަސް ކުރިންބައްސާމްގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިޚަބަރު | 3 މަސް ކުރިންހިޔާނާތުގެ ދައުވާއިން ދިފާއުވާން ބައްސާމް ދައްކާ ވާޙަކަތަކަށް ކުރީގެ ޕީޖީ ޝަމީމްގެ ތަފްސީލީ ރައްދެއްޚަބަރު | 3 މަސް ކުރިން