logo
MPL

MPL

ޚަބަރު

ސިއްހީ ހާލަތާ ގުޅިގެން ބައްސާމް ވަގުތީ ގޮތުން ގޭ ބަންދަށް

އަޙުމަދު ރިޝާން
25 އޯގަސްޓު 2026 - 05:53
ބައްސާމް
ބައްސާމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ސިއްހީ ހާލަތާ ގުޅިގެން ވަގުތީ ގޮތުން އަނެއްކާވެސް ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

މިކަން ޔަގީންކޮށްދީފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިންނެވެ. މިގޮތުން މެޑިކަލް ބޯޑުގެ ލަފަޔާ އެކު އޭނާ ގޭ ބަންދަށް ބަދަލުކޮށްފައިވަނީ ސިއްހީ ހާލަތު ހުރިގޮތުން ކަމަށް ކަރެކްޝަންސްއިން ބުނެފައިވެ އެވެ. ބައްސާމް މީގެ ކުރިން ވެސް ސިއްހީ މައްސަލައަކާ ގުޅިގެން ނޭފަތުގެ ސާޖަރީއެއް ކުރުމަށްފަހު ރިކަވަރީ މުއްދަތަށް ގޭ ބަންދަށް ބަދަލުކުރި އެވެ. ނަމަވެސް ޖަލުގައި ހުރެގެން ފަރުވާ ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުމާއެކު އޭނާ މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު އަލުން ޖަލަށް ބަދަލުކޮށްފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެއީ ފީފާއިން އެފްއޭއެމަށް ފޮނުވި 1.2 މިލިއަން ޑޮލަރާއި (19 މިލިއަނެއްހާ ރުފިޔާ) އިތުރު 10,000 ޑޮލަރަށް ހިޔާނާތްތެރިވުމާއި، އެ ފައިސާ ލޯންޑާކުރުމުގެ ކުށް ސާބިތުވެގެންނެވެ. އޭގެތެރެއިން ފުރަތަމަ ދައުވާގައި އޭނާ ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

މި ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ބައްސާމް އަމިން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓެއް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ. އަދި އަމިން ކޮންސްޓްރަކްޝަން ކުންފުންޏާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ދައުވާކުރަމުންދާއިރު، އެ އެޕާޓްމެންޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ނުހިންގަން ހައި ކޯޓުން ވަނީ މިދިޔަ ޖޫން މަހު އަމުރެއް ނެރެފަ އެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ވެސް ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލަން ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިއްހީ ހާލަތާ ގުޅިގެން ބައްސާމް ވަގުތީ ގޮތުން ގޭ ބަންދަށްޚަބަރު | ގަޑިއިރެއް ކުރިންއެފްއޭއެމްގެ ޚިޔާނާތުގެ އިސް މޭސްތިރިޔާ ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފިޚަބަރު | 5 މަސް ކުރިންބައްސާމަށް އިތުރު 23 އަހަރު ޖަލުގައި ހޭދަކުރަން ޖެހިއްޖެ ޚަބަރު | 8 މަސް ކުރިންބައްސާމްގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިޚަބަރު | 9 މަސް ކުރިން