1.1 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ
18 މާރިޗު 2026 - 10:53

ހަރަދުތައް ހަމަޖައްސަން 1.1 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ސަރުކާރުން ހުޅުވާލައިފިއެވެ.
މިއީ ސަރުކާރުން މިއަހަރުގެ ތެރޭގައި ޓީ-ބިލް ވިއްކަން ހުޅުވާލި ހަ ވަނަ ފަހަރެވެ.
މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި އެޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދެއްކުމަށް ވިއްކާ 490 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި ޖޫން 29 ވަނަ ދުވަހަށް އަނބުރާ ދެއްމުކަށް ވިއްކާ 180 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެއެވެ.
މީގެ އިތުރުން ސެޕްޓެމްބަރު 21 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 35 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި އަންނަ އަހަރުގެ މާޗް 22 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 423 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެއެވެ.
ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް އާންމުކޮށް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެއެވެ.
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒްއެވެ.
ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާއެވެ.

Ad by Hajj Corporation


