logo
Bank of Maldives

Bank of Maldives

ވިޔަފާރި

ޚަރަދުތައް ހަމަޖެއްސުމަށް 911 މިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި

ފިނޭންސް މިނިސްޓްރީ -- ފޮޓޯ/މިހާރު
ފިނޭންސް މިނިސްޓްރީ -- ފޮޓޯ/މިހާރު

ހަރަދުތައް ހަމަޖެއްސުމަށްޓަކައި 911.3 މިލިއަން ރުފިޔާގެ ހަތަރު ޓީބިލްއެއް ވިއްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާންމު ކުރި ތަފާސް ހިސާބުތަކުހް އެނގޭ ގޮތުގައި ހަތަރު ޓީބިލެއް ވިއްކާފައިވަނީ 3.50 އާއި 4.60ގެ ދެމެދުގެ އިންޓްރެސްޓްއަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ ވުޒާރާއިން ވިއްކާފައިވަނީ، އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 185 މިލިއަން ރުފިޔާގެ ޓީބިލަކާއި، މި އަހަރުގެ ސެޕްޓެމްބަރު 22 ގެ ނިޔަލަށް އަނބުރާ ދައްކާ 178 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން، މި އަހަރުގެ ޑިސެމްބަރު 15 ގެ ނިޔަލަށް އަނބުރާ ދައްކަންޖެހޭ 90 މިލިއަން ރުފިޔާގެ ޓީބިލެކެވެ. އަދި އަންނަ އަހަރުގެ ޖޫން 15 ގެ ނިޔަލަށް އަނބުރާ ދައްކާ 458.3 މިލިއަން ރުފިޔާގެ ޓީބިލެއް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ޓީބިލަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީ އެކެވެ. އެގޮތުން މި ޓީބިލްތައް ޢާންމުކޮށް ގަންނަނީ  ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

1.1 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަނީޚަބަރު | ގަޑިއިރެއް ކުރިންއެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި 600 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެޚަބަރު | 4 ދުވަސް ކުރިންރޯދަ އިނާޔަތް މި މަހުގެ 12 ކުރިން ޚަބަރު | މަހެއް ކުރިންދިވެހި އިގްތިސޯދު ހިންދަމާލީ ރޭވުންތެރި ހިކުމަތްތެރި ފިޔަވަޅުތަކުގެ ނަތީޖާއިންރިޕޯޓް | 2 މަސް ކުރިން