logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްއޯއީތަކުން ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި 160 މިލިއަން ރުފިޔާ

މުހައްމަދު މޫސާމުހައްމަދު މޫސާ
30 މޭ 2026 - 11:45
އެސްއޯއީތަކުން ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި 160 މިލިއަން ރުފިޔާ

މި އަހަރުގެ މިހާތަނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި 160 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ ބަޖެޓުގައި ޑިވިޑެންޑްގެ ގޮތުގައި 552 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަމާޒު ހިފާފައިވީ ނަމަވެސް، މިހާތަނަށް ލިބިފައިވަނީ 30 ޕަސަންޓެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 70 ޕަސަންޓުގެ ދަށްވުމެކެވެ. ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ކުންފުނިތަކުން ލިބޭ އާމްދަނީ މިހާ ބޮޑަށް ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިތަކަށް ލިބޭ ސާފު ފައިދާ ދަށްވުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދައުލަތުގެ ހިއްސާ އޮންނަ 30 ކުންފުނީގެ ތެރެއިން މި އަހަރު ޑިވިޑެންޑް ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވަނީ އެންމެ 6 ކުންފުންޏަކުންނެވެ.

މި އަހަރު ޑިވިޑެންޑް ލިބޭނެ ކަމަށް ލަފާކުރާ ކުންފުނިތައް:

ދިރާގު: 262 މިލިއަން ރުފިޔާ

ބީއެމްއެލް: 154 މިލިއަން ރުފިޔާ

އެމްއޭސީއެލް: 50 މިލިއަން ރުފިޔާ

އެމްޑަބްލިއުއެސްސީ: 30 މިލިއަން ރުފިޔާ

އެޗްޑީސީ: 20 މިލިއަން ރުފިޔާ

އެމްޕީއެލް: 12 މިލިއަން ރުފިޔާ

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރު ދައުލަތަށް ޑިވިޑެންޑް ދީފައިވަނީ ހަމައެކަނި ދިރާގާއި ބީއެމްއެލްގެ އިތުރުން އެޗްޑީސީންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އެސްއޯއީތަކުން ދައުލަތަށް ވަންނަ އާމްދަނީ އަންނަނީ އަހަރަކަށް ވުރެ އަހަރެއް ދަށްވަމުންނެވެ. އެގޮތުން 2022 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބުނު ނަމަވެސް، މިދިޔަ އަހަރު އެ އަދަދު ވަނީ 823 މިލިއަނަށް ވެއްޓިފައެވެ.

މި އަހަރުގެ ބަޖެޓުގައި ޑިވިޑެންޑާއި އެހެނިހެން ގޮތްގޮތުން ދައުލަތަށް ފައިދާ އާއި އިންޓްރެސްޓްގެ ގޮތުގައި ޖުމްލަ 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު ލަފާކުރި އަދަދަށް ވުރެ ވެސް ހަތް ޕަސަންޓް ދަށް އަދަދެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްއޯއީތަކުން ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި 160 މިލިއަން ރުފިޔާޚަބަރު | ގަޑިއިރެއް ކުރިންރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ބުރޫނާރެނެ ކަމުގެ ޔަގީންކަން!ޚަބަރު | މަހެއް ކުރިންސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ %33 މަދުކުރަން ފިނޭންސުން އަންގައިފިޚަބަރު | މަހެއް ކުރިންދައުލަތުގެ އާމްދަނީ 10 އިންސައްތަ އިތުރުވެ، 10 ބިލިއަން ރުފިޔާއަށްޚަބަރު | 2 މަސް ކުރިން