logoEN
ޚަބަރު

ދިވެހި އަސްކަރިއްޔާގެ މައްޗަށް އެއްވެސް ބައެއްގެ ނުފޫޒެއް ނޯންނާނެ - މިނިސްޓަރ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

10 އޮކްޓޯބަރު 2024 - 11:31

އަސްކަރީ ދާއިރާގެ ފުރިހަމަ ބާރު މިހާރު އޮންނާނީ ދިވެހިންގެ އަތުގައި ކަމަށާއި ބޭރުގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.ޣައްސާން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމިީ ދަތުރުފުޅާ ގުޅޭގޮތުން ދަޢުލަތުގެ މީޑީޔާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިންޑިއާ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ފައިދާވާނެ ގިނަ ކަންތައްތަކެއް އެމަނިކުފާނުގެ މަސައްކަތްޕުޅާއެކު ހާސިލްކުރައްވާފައިވާ ކަމަށެވެ. މި ދަތުރުފުޅުގައިވެސް އަދި ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ކުރެއްވި އެއްވެސް ދަތުރުފުޅެއްގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާނެފަދަ އެއްވެސް ކަމެއް ކުރައްވާފައިވާނުވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.ވަޒީރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު އެމްއެންޑީއެފުން ހިމާޔަތްކުރާނީ ރައްޔިތުން ބޭނުންވާގޮތަށް ކަމަށާއި އެޚިދުމަތުގެ ގާބިލިއްޔަތު އިތުރުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އިންޑިއާ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގައިވެސް އޮތީ ރާއްޖޭން އެދޭ ހާލަތްތަކެއްގައި، އެދޭގޮތަކަށް ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތު އިތުރުކުރެވޭނެ ވާހަކަތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.ދިފާޢީ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހަރުދަނާ ސިޔާސަތު ކަމަށްވާ، "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ދުނިޔޭގެ ޤައުމުތަކާއެކު މުޢާމަލާތްކުރައްވައި އެ ޤައުމުތަކާއެކު މަސައްކަތް ކުރެވޭނެ ޤައުމެއްކަން ސާބިތުކޮށްދެއްވަމުންދާ ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރައްވަނީ ރަހުމަތްތެރި ޤައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި އެ ޤައުމުތަކާއެކުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder