logoEN
ޚަބަރު

ކުރީ ސަރުކާރުތަކުން ވަނީ އަސްކަރިއްޔާއަށް ވަރަށް ބޮޑަށް އިޙުމާލުވެފައި - މިނިސްޓަރ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

22 އޭޕްރީލު 2025 - 11:10

ނުރައްކާތެރި، ނިރުބަވެރި ހަމަލާތައް ޤައުމުގެ އިސްވެރިންނަށް އަމާޒުކޮށްގެން ފަސޭހަކަމާއެކު ދެވިފައިވަނީ އަސްކަރިއްޔާއަށް މީގެ ކުރިންވެފައިވާ އިހުމާލުގެ ސަބަބުންކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 133 ވަނަ ދިވެހި ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިފާޢީ ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު 2021ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ވަނީ ނިރުބަވެރި ހަމަލާއެއް ދީފައެވެ. ރައީސް ނަޝީދަށް ހަމަލާދިނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. އެ ހަމަލާ ދީފައިވަނީ ރޭޒަރު ފުށް އަޅާފައިވާ ބޮމެއް ގޮއްވާލައިގެންނެވެ.މިހަމަލާ ދީފައިވަނީ އޭރު އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ ހަވާލުވެގެން ތިބި ފަރާތްތަކުގެ އިހުމާލުން ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ.

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި، އިސްތިގުލާލުގެ ހިމާޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ މަސައްކަތްޕުޅަކީ ބަވަނަވެފައި އޮތް ދުނިޔޭގެ ބަދަލުވަމުން އަންނަ މަޞްރަހުގެ އަދި ރާއްޖޭގެ މަޞްރަހުގެ ހާލުގެ ދުލުން އެތަކެއް އަހަރެއް ވަންދެން އެދި ގޮވަމުން އައި މަސައްކަތްތައް ކަމަށެވެ.

ނަމަވެސް އެ ގޮވުންތަކަށް ފައިތުވެދިޔަ 15 ވަރަކަށް އަހަރު އިޖާބަ ނުދެވި އަސްކަރިއްޔާއަށް އިހުމާލުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.ވަޒީރު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އަސްކަރިއްޔާއަށް އެކި ސަރުކާރުތަކުން ވެފައިވާ އިހުމާލުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާާއި އިސްތުގުލާލަށް ސީދާ އަސަރު ކުރާފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ފަސޭހަކަމާއެކު ދީފައިވާ ކަމަށެވެ.

ކޮމެންޓް

871x217_placeholder