logo
Bank of Maldives

Bank of Maldives

ދުނިޔެ

ހުރުމުޒް އަދިވެސް އީރާނުގެ ބާރުގެ ދަށުގައި: ޓްރަމްޕް އާއި ނަތަންޔާހޫއަށް ސުމެއް!

އިސްމާޢިލް ރާތިޢު
19 މާރިޗު 2026 - 06:57
ހުރުމުޒް އަދިވެސް އީރާނުގެ ބާރުގެ ދަށުގައި: ޓްރަމްޕް އާއި ނަތަންޔާހޫއަށް ސުމެއް!

ޞަހްޔޫނީ ދައުލަތާއި އެމެރިކާ އިސްވެ، އީރާންގެ އިސްތިޤުލާލަށް އަރައިގަނެ ފަށާފައިވާ ނުރައްކާތެރި ހަނގުރާމައާ އެކުގައި ވެސް، ދުނިޔޭގެ ތެލުގެ ބާޒާރުގެ އެންމެ މުހިންމު އެއް ނާރުގެ ގޮތުގައި ބެލެވޭ ހުރްމުޒް ކަނޑުއޮޅި އަދިވެސް އޮތީ އީރާންގެ ފުރިހަމަ ބާރުގެ ދަށުގައި ކަން، ކަނޑު ދަތުރުފަތުރުގެ މަޢުލޫމާތު ދިރާސާ ކުރާ ކުންފުނިތަކުން ހާމަކޮށްފިއެވެ.

ފެބުރުވަރީ 28ގައި ފެށި ހަނގުރާމައާ ގުޅިގެން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުތަކަށް ހުރަސް އެޅިފައި އޮތް ނަމަވެސް، އީރާނުން ވަނީ އެޤައުމުން ނަގާފައިވާ 16 މިލިއަނަށްވުރެ ގިނަ ފީފާ ތެޔޮ ބޭރުކޮށްފައެވެ.

މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު އިޤުތިޞާދީ ކާރިސާއާއި، ތެޔޮ ފީފާއެއްގެ އަގު 100 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލުމުގެ ޙަޤީޤީ ޒިންމާ އުފުލަން ޖެހޭނީ ޓްރަމްޕް އަށާއި ނަތަންޔާހޫއެވެ. އެމެރިކާއިން އީރާނުގެ ޚާރިޤުގެ ތެލުގެ ވިއުގައަށް އަމާޒުކޮށް ޙަމަލާދިން ނަމަވެސް، އީރާނުގެ އިޤުތިޞާދީ ދިފާޢު ފޫއަޅުވާލުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ކަނޑު ދަތުރުފަތުރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން 90 އަށްވުރެ ގިނަ އުޅަނދު، ކާމިޔާބުކަމާއެކު ހުރުމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވެއެވެ.

މީގެ ތެރޭގައި ހުޅަނގުގެ ޣައިރުގާނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ދަތުރުކުރާ އުޅަނދުތަކުގެ އިތުރުން، އީރާނާއެކު ޚާއްޞަ ޚަރިޖީ ގުޅުންތައް ބާއްވާ ޤައުމުތަކުގެ އުޅަނދުތައް ހިމެނެއެވެ. އެގޮތުން ޕާކިސްތާނުގެ ތެޔޮ އުފުލާ އާގުބޯޓު 'ކަރާޗީ'އާއި، އިންޑިއާގެ 'ޝިވާލިކް' އަދި 'ނަންދާ ދޭވީ' ވަނީ އީރާނުގެ ފުރިހަމަ ޙިމާޔަތާއެކު، ރައްކާތެރިކަމާއެކު ހުރްމުޒް ހުރަސްކޮށްފައެވެ. މީގެ އިތުރުން ޗައިނާއަކީ އީރާނުގެ ތެލުގެ އެންމެ ބޮޑު ބައިވެރިޔާގެ ގޮތުގައި ސާބިތުވެ އޮތްއިރު، ޢިރާޤުން ވެސް ދަނީ އީރާނުގެ އެހީތެރިކަމަށް އެދެމުންނެވެ.

އީރާނުގެ އިންޒާރަކީ ސާފު އިންޒާރެކެވެ. އެމެރިކާއާއި ޔަހޫދީ ދައުލަތަށް ތާއީދުކުރާ އެއްވެސް ފަރާތަކަށް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް، އެންމެ ލީޓަރެއްގެ ތެޔޮ ހުރަސްކުރުމުގެ ފުރުޞަތެއް ވެސް ނުދިނުމެވެ. އެ ކަނޑުއޮޅި ޙިމާޔަތްކޮށްދިނުމަށް ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) ކިބައިން ޓްރަމްޕް އާދޭސް ކުރަމުންދާއިރުވެސް ނަމަވެސް ނޭޓޯއިން އެ އާދޭހަށް މިހާތަނަށްވެސް ދީފައިވަނީ ބީރު ކަންފަތެކެވެ. މި ކުރިމަތިލުމުން ފެނިގެންދަނީ އީރާނުގެ ސިޔާސީ އަދި އަސްކަރީ ކާމިޔާބީ ކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނަށް ހަމަލަދޭން ފޯޅަވަހި ދިނުމުން އީރާނުން އެތަނަށް ހަމަލާދީފިދުނިޔެ | 3 ގަޑިއިރު ކުރިންގަލްފް ގައުމުތަކާއި ވާހަކަދައްކަން ތައްޔާރު، މުސްލިމް ގައުމުތަކާއެކު ހަނގުރާމައަކަށް ބޭނުންނޫން: އީރާންދުނިޔެ | 13 ގަޑިއިރު ކުރިންނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ވިސްނުމެއް ނެތް: އީރާންދުނިޔެ | 15 ގަޑިއިރު ކުރިންވެރިން އަވަހާރަކޮށްލައިގެން ވެރިކަން ވައްޓާލެވޭނެކަމަށް ދުށުމީ ބޮޑު ކުށްހީއެއް: އީރާންދުނިޔެ | 16 ގަޑިއިރު ކުރިން