logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯންޗު ބަންޑުން ޖަހައިލި ހާދިސާގައި ވިއްސައިގެން ގޮސް 5 މީހަކު މޫދަށް ވެއްޓުނު، ހޯދަމުން ދަނީ އިންޑިއާ ދެމީހުން

މުހައްމަދު މޫސާމުހައްމަދު މޫސާ
20 މާރިޗު 2026 - 03:09
ލޯންޗު ބަންޑުން ޖަހައިލި ހާދިސާގައި ވިއްސައިގެން ގޮސް 5 މީހަކު މޫދަށް ވެއްޓުނު، ހޯދަމުން ދަނީ އިންޑިއާ ދެމީހުން

ވ. ފެލިދޫ ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލި ހާދިސާ ހިނގިއިރު، އެ ލޯންޗުގައި 7 މީހުން ތިބިކަމަށް މިހާތަނަށް ކަށަވަރުކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާގެ އަދާހަމަދެމުން ފުލުހުން ބުނީ މިހާރު ކަށަވަރު ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު ލޯންޗުގައި ޖުމުލަ 7 މީހުން ތިއްބިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

''އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާ އިންޑިއާ އަށް ނިސްބަތްވާ 5 ފިރިހެނުން، މި ހާދިސާގައި ލޯންޗުން ވިއްސައިގެންގޮސް މޫދަށް ވެއްޓުފައިވަނީ 5 މީހުން، އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ 4 ފިރިހެނުން'' ފުލުހުން ބުންޏެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ 2 މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ.

Felidhoo kairin loancheh bandunjahalai gellunu dhemeehaku hoadhanee | Mendhuru Tv

މި ހާދިސާގެ ރިޕޯޓު ފުލުހުންގެ އިދާރާއަށް ލިބިފައިވަނީ 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ދަމުން 01:15 އެހައިކަންހާއިރު އެވެ.

މި ހާދިސާގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާތީ، އެ މީހުންނަށް މިހާރު ދަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ، ވ.ކެޔޮދޫ ހުޅަނގު ދެކުނުން 2 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ލޯންޗަކުން 2 މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯންޗު ބަންޑުން ޖަހައިލި ހާދިސާގައި ވިއްސައިގެން ގޮސް 5 މީހަކު މޫދަށް ވެއްޓުނު، ހޯދަމުން ދަނީ އިންޑިއާ ދެމީހުންޚަބަރު | 2 ގަޑިއިރު ކުރިންފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެމީހަކު ހޯދަނީޚަބަރު | 4 ގަޑިއިރު ކުރިންހިޝާންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް އެއްވެސް ކުއްޖަކު ނުބުނޭ: ފުލުހުންޚަބަރު | 2 ދުވަސް ކުރިންހޯރަފުށީގައި ބުޅަލެއް މަރާލި މައްސަލަ ފުލުހުން ބަލަނީޚަބަރު | 5 ދުވަސް ކުރިން