އެފްއޭއެމްއަށް ޖެނެރަލް ސެކްރެޓަރީއަކު ހޯދަނީ

އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ އަދި ކުރީގެ ޖީއެސް -- ފޮޓޯ/ ނިއުސްލެބް
.jpg&w=3840&q=75)
10 އޮކްޓޯބަރު 2024 - 12:03
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ޖެނެރަލް ސެކެރްޓަރީއަކު ހޯދަން އިއުލާންކޮށްފިއެވެ.
އެފްއޭއެމް އިން ކުރި އިއުލާނެއްގައި ވަނީ، އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި އަންނަ މޭއި މަހުގެ މެންދުރު 12 ގެ ކުރިން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.
އެ އިއުލާނުގައި ބުނި ގޮތުގައި، އެ މަގާމަށް ހުށަހަޅާ ފަރާތްތަކަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓު، ގަވަނަންސް، ލޯ ނުވަތަ އެއާ ގުޅުން ހުރި ދާއިރާ އަކުން އެޑްވާންސް ޑިގްރީ ހާސިލްކޮށްފައި ހުރި ފަރާތްކަށް ވާން ޖެހޭނެއެވެ. އަދި އަދި ކުޅިވަރު ނުވަތަ ފުޓްބޯޅަ މެނޭޖްމަންޓުގެ ދާއިރާ އިން އިތުރު ސެޓްފިކެޓެއް އޮތުމަކީ އެދެވިގެންވާ ކަމެއް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެ މަގާމަށް ދެވޭނެ މުސާރަ ނިންމާނީ، ދެ ފަރާތުގެ މަޝްވަރާގެ މަތިން ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ވަގުތީ ގޮތުން ހުންނެވީ މުޙައްމަދު ޖައުޝަން ޝަރީފްއެވެ. ކުޅިވަރުގެ ދާއިރާއިން ގާނޫނީ ވަކީލުކަން ކުރައްވާ ޖައުޝަން އެ މަގާމަށް އައްޔަނުކުރެއްވުނީ، އޭނާގެ ކުރިން އެ މަޤާމުގައި ހުރި ޙުސެއިން ޖަވާޒް (ޖަވާ) އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިތުރު ލިޔުންތައް

"އަޅުގަނޑުމެން ހަވާލުވީއިރު އެފްއޭއެމްގައި އޮފީހެއް, މޭޒެއް އަދި އެއްވެސް އެއްޗެއްނެތް"
6 މަސް ކުރިން
އެފްއޭއެމްގެ ބޮޑު ޚިޔާނާތް: ތަފްޞީލީ މަޢުލޫމާތާއެކު ފީފާގެ ވަފުދާ ޙިއްސާކޮށްފި
6 މަސް ކުރިން
ދެކުނު ކޮރެއާގެ ކުންފުންޏަކަށް 52 މިލިއަން ރުފިޔާ ދައްކަން އެފްއޭއެމްގެ މައްޗަށް ހުކުމެއް
6 މަސް ކުރިން