logo
Bank of Maldives

Bank of Maldives

ޚަބަރު

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އޭޕްރިލްގައި ނިންމަނީ، ޖޫން މަހު ގޯތިތައް ހަވާލުކުރާނެ

މުހައްމަދު މޫސާމުހައްމަދު މޫސާ
21 މާރިޗު 2026 - 06:47
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އޭޕްރިލްގައި ނިންމަނީ، ޖޫން މަހު ގޯތިތައް ހަވާލުކުރާނެ

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު، އަންނަ އޭޕްރިލް މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ކޮންމެ ދުވަހަކުވެސް މެދުނުކެނޑި ބިން ހިއްކުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.

 

 

ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހުގައެވެ. މި މަޝްރޫއު އަވަސްކުރުމުގެ ގޮތުން ސަރުކާރުން ވަނީ ހާއްސަ ދެ ޑްރެޖަރެއް ބޭނުންކުރަން ފަށާފައެވެ. އެމްއޭސީއެލް އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ 30 ޖޫން 2026 ގައެވެ.

ގިރާވަރުފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތަފްސީލަށް ބަލާއިރު، ތަފާތު ސައިޒުތަކުގެ ގިނަ އަދަދެއްގެ ޕްލޮޓްތައް ހިމެނެއެވެ. އެގޮތުން:

1,250 އަކަފޫޓުގެ 2,605 ޕްލޮޓް

1,650 އަކަފޫޓުގެ 1,213 ޕްލޮޓް

2,050 އަކަފޫޓުގެ 253 ޕްލޮޓް

2,450 އަކަފޫޓުގެ 1 ޕްލޮޓް

މި މަޝްރޫއަކީ މާލޭ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ފަހި ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ދެއްވާ ހާއްސަ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ބިން ހިއްކައި ނިމުމާއެކު، ބިން ސަރވޭކުރުމުގެ މަސައްކަތް ނިންމައި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޖޫން މަހުގެ ތެރޭގައި ރައްޔިތުންނަށް ގޯތިތައް ހަވާލުކުރުމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަވާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އޯގާތެރިކަމާއި އިޙްސާންތެރިކަން މުހިންމު: ރައީސްޚަބަރު | ގަޑިއިރެއް ކުރިންގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އޭޕްރިލްގައި ނިންމަނީ، ޖޫން މަހު ގޯތިތައް ހަވާލުކުރާނެޚަބަރު | 2 ގަޑިއިރު ކުރިންސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްއެންޑީއެފް އިން ކުރާ މަސައްކަތް ރައީސް ބައްލަވާލައްވައިފިޚަބަރު | 20 ގަޑިއިރު ކުރިންފިޠުރު ޢީދުގެ ބަންދަށްފަހު، މި މަހުގެ 23 ގައި ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ ޚަބަރު | 21 ގަޑިއިރު ކުރިން