logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޕީއެލް ސަރަޙައްދު ބޭރު ކަނޑުމަތީގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
21 މާރިޗު 2026 - 09:03
އެމްޕީއެލް އާއި ދިމާ ބޭރު ކަނޑުމަތީގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

މާލޭގެ އެމްޕީއެލް ސަރަޙައްދު ބޭރުން ދަތުރުކުރި ޓަގު ބޯޓަކާއި ލޯންޗެއް ޖެހި މިއަދު ނުރައްކާތެރި ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، އެމް.ޕީ.އެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 މާރިޗު 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:39 އެހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ، އޭނާއަށް މިހާރު ދަނީ އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކެޕްޓަނަށް ލިބުނު އަނިޔާތަކަކީ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާތަކެއް ނޫނެވެ.

އެކްސިޑެންޓް ހިނގި ވަގުތު ލޯންޗުގައި ކެޕްޓަންގެ އިތުރުން ތިން ފަޅުވެރިން ތިއްބެވެ. ނަމަވެސް އެމީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާގައި ލޯންޗުގެ ބައެއް ބޮޑަށް ހަލާކުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ފާހަގަކުރެއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުންގެ ޚިދުމަތުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލް އާއި ދިމާ ބޭރު ކަނޑުމަތީގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންޑްރަގް މައްސަލައެއްގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 21 ގަޑިއިރު ކުރިންލޯންޗު ބަންޑުން ޖަހައިލި ހާދިސާގައި ވިއްސައިގެން ގޮސް 5 މީހަކު މޫދަށް ވެއްޓުނު، ހޯދަމުން ދަނީ އިންޑިއާ ދެމީހުންޚަބަރު | ދުވަހެއް ކުރިންފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެމީހަކު ހޯދަނީޚަބަރު | ދުވަހެއް ކުރިން