logo
MPL

MPL

ޚަބަރު

އަހަރެއްގެ މެދުކެނޑުމަކަށްފަހު، ކޮންޑޯ އެއަރލައިނުން ރާއްޖެއަށް ދަތުރު ފަށަނީ

މުޙައްމަދު އަފްރާޙް
21 މާރިޗު 2026 - 11:46
އަހަރެއްގެ މެދުކެނޑުމަކަށްފަހު، ކޮންޑޯ އެއަރލައިނުން ރާއްޖެއަށް ދަތުރު ފަށަނީ

އަހަރެއްގެ މެދުކެނޑުމަކަށްފަހު، ކޮންޑޯ އެއަރލައިނުން ރާއްޖެއަށް ދަތުރު ފަށަން ނިންމައިފިއެވެ.

ޖަރުމަނުގެ އެއަރލައިނެއް ކަމަށްވާ ކޮންޑޯ އިން ބުނެފައިވަނީ މި އަހަރުގެ ހޫނު މޫސުމުގައި ރާއްޖެއަށް ފްލައިޓުތައް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ މެއި މަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ފްރެންކްފާޓާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާ ދެމެދު ދަތުރުތައް ފަށާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އެއަރލައިނުގެ ދަތުރުތައް ރާއްޖެއަށް އޮންނާނީ ކޮންމެ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށް ވެސް އެ އައރލައިނުން ބުނެއެވެ.

ކޮންޑޯ އިން އެންމެ ފަހުން ރާއްޖެއަށް އުދުހުނީ 2024ގެ ހޫނު މޫސުމުގައެވެ. ޖަރުމަނަކީ މި އަހަރު ރާއްޖެއަށް ފަސް ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަހުގެ 17 ގައި އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ޖަރުމަނުން ރާއްޖެއަށް 35،811 ފަތުރުވެރިން މިހާތަނަށް މިއަހަރު ޒިޔާރަތްކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭވިއޭޝަން އިންސްޓިޓިއުޓްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރެވޭނެ: އެމްއޭސީއެލްގެ ސީއީއޯ  ޚަބަރު | 14 ދުވަސް ކުރިންއެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހު ކޮށްފިޚަބަރު | 14 ދުވަސް ކުރިންކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ އެއާ ކާގޯ ކުރަން ފަށައިފިޚަބަރު | މަހެއް ކުރިންބޭންކުގެ ހިދުމަތާ އެކު، ދަތުރުވެރިން މަޑުކޮށްލާނެ ހިތްފަސޭހަ އާ ޖާގައެއް ވީއައިއޭގައި ހަދައިފިޚަބަރު | މަހެއް ކުރިން