logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯންޗު ބަންޑުންޖަހާލި ހާދިސާގައި އެކަކު އަތެއް ބުރިވި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
21 މާރިޗު 2026 - 15:54
Screenshot
Screenshot

ވ.ފެލިދޫ ކައިރީގައި ހިނގި ލޯންޗު ބަންޑުންޖަހާލުމުގެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކަކުގެ އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިފިއެވެ.

މި ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރުވެސް ދަނީ ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާ ގޮތުގައި، 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ލޯންޗުގައި ތިބި ހަތް މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. މި ހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ އިނގިރޭސިވިލާތުގެ އަންހެނަކާއި، ރަޝިޔާގެ އަންހެނެއްގެ އިތުރުން އިންޑިއާގެ ފަސް ފިރިހެނުންނެވެ.

މި ހާދިސާގައި ލޯންޗުން ކަނޑަށް ވެއްޓުނު ފަސް މީހުންގެ ތެރެއިން ތިން މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، އިންޑިއާގެ ދެ ފިރިހެނުން އަދިވެސް ފެނިފައެއް ނުވެއެވެ. ކަނޑަށް ވެއްޓުނީ ރަޝިޔާގެ އަންހެން މީހާއާއި އިންޑިއާގެ ހަތަރު ފިރިހެނުންނެވެ.

އަނިޔާވި މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައެވެ. ނަމަވެސް ހާލަތު ސީރިއަސްވުމުގެ ސަބަބުން، ރަޝިޔާގެ އަންހެން މީހާއާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ހާދިސާގައި އަތެއް ބުރިވެ ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެން މީހާ، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ފުރައިފައެވެ.

މީގެ އިތުރުން، މި ހާދިސާގައި އަނިޔާވި އިތުރު ދެ މީހަކުވެސް ވަނީ 2026 މާރިޗު 20 ވަނަ ދުވަހު ފަރުވާއަށް އިންޑިއާއަށް ގޮސްފައެވެ. އެއީ އިންޑިއާގެ ފިރިހެނަކާއި އިނގިރޭސިވިލާތުގެ އަންހެނެކެވެ.

ފުލުހުން ވިދާޅުވީ، ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯންޗު ބަންޑުންޖަހާލި ހާދިސާގައި އެކަކު އަތެއް ބުރިވި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްޚަބަރު | 2 ގަޑިއިރު ކުރިންއެމްޕީއެލް އާއި ދިމާ ބޭރު ކަނޑުމަތީގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެޚަބަރު | 9 ގަޑިއިރު ކުރިންޑްރަގް މައްސަލައެއްގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންލޯންޗު ބަންޑުން ޖަހައިލި ހާދިސާގައި ވިއްސައިގެން ގޮސް 5 މީހަކު މޫދަށް ވެއްޓުނު، ހޯދަމުން ދަނީ އިންޑިއާ ދެމީހުންޚަބަރު | 2 ދުވަސް ކުރިން