logo
Bank of Maldives

Bank of Maldives

ޚަބަރު

ރިސޯޓެއްގެ ޕޫލަށް ވެއްޓި ކުއްޖަކު ގެނބިގެން މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 މާރިޗު 2026 - 19:50
،ރިސޯޓެއްގެ ޕޫލެއް
،ރިސޯޓެއްގެ ޕޫލެއް

ކ. އަތޮޅުގެ ރިސޯޓެއްގެ ޕޫލަށް ވެއްޓި ގެނބުނު ކުޑަކުއްޖަކު ނިޔާވި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން އެންމެ ދެ އަހަރުގެ ފިރިހެން ކުއްޖެކެވެ. ފުލުހުން ބުނި ގޮތުގައި، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ މި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 20 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 އެހައިކަންހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގައި ހިންގަމުންދާ ރިސޯޓެއްގެ ޕޫލަށް އެ ކުއްޖާ ވެއްޓި ގެނބުމުގެ ސަބަބުންނެވެ. މި ހާދިސާ ހިނގި ވަގުތާއި ހާދިސާ ހިނގަން މެދުވެރިވި އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓެއްގެ ޕޫލަށް ވެއްޓި ކުއްޖަކު ގެނބިގެން މަރުވި މައްސަލައެއް ބަލަނީޚަބަރު | 2 ގަޑިއިރު ކުރިންލޯންޗު ބަންޑުންޖަހާލި ހާދިސާގައި އެކަކު އަތެއް ބުރިވި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްޚަބަރު | 6 ގަޑިއިރު ކުރިންއެމްޕީއެލް އާއި ދިމާ ބޭރު ކަނޑުމަތީގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެޚަބަރު | 13 ގަޑިއިރު ކުރިންޑްރަގް މައްސަލައެއްގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން