logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާއިން އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދީފިނަމަ، އަލުން އިއާދަނުކުރެވޭ ވަރަށް އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު އީރާނުން ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 މާރިޗު 2026 - 12:51
ދުޝްމަނުން ތެހެރާނަށް ބޮން އަޅާފައި،
ދުޝްމަނުން ތެހެރާނަށް ބޮން އަޅާފައި،

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ބޮން އެޅުމަށް ދީފައިވާ އިންޒާރު ތަންފީޒުކޮށްފިނަމަ، މުޅި ސަރަހައްދުގައި ބަދަލުހިފުމުގެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އީރާނުގެ އޮފިޝަލުންނާއި ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

މި އިންޒާރު އައިސްފައިވަނީ 48 ގަޑިއިރުގެ ތެރޭގައި ހޯރްމޫޒް ކަނޑުއޮޅި އާންމު ދަތުރުފަތުރަށް ފުރިހަމައަށް ހުޅުވާނުލައިފިނަމަ، ބޮން އެޅުމަށް އަމުރުކުރައްވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދީފިނަމަ، މެދުއިރުމަތީގެ މުހިންމު އުމްރާނީ ވަސީލަތްތަކާއި ހަކަތަ އުފައްދާ ތަންތަން "އަލުން އިއާދަނުކުރެވޭ ވަރަށް ހަލާކުކޮށްލެވިދާނެ" ކަމަށެވެ. އަދި އީރާނުގެ ވަސީލަތްތަކަށް ހަމަލާދީފިނަމަ، ސަރަހައްދުގެ އުމްރާނީ ވަސީލަތްތަކަކީ ޝަރުއީ އަމާޒުތަކަކަށް ވެގެންދާނެ ކަމަށާއި، މީގެ ސަބަބުން ތެލުގެ އަގު ދިގު މުއްދަތަކަށް އުފުލިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ސެމީ-އޮފިޝަލް މެހެރް ނިއުސް އިން ވަނީ ގަލްފް ސަރަހައްދުގެ ކަރަންޓު އުފައްދާ މަރުކަޒުތަކުގެ މެޕެއް ޝާއިއުކޮށް، ޓްރަމްޕްގެ އިންޒާރު ތަންފީޒުކޮށްފިނަމަ "ކަރަންޓަށް އަލްވަދާއު ކިޔުމަށް" ގޮވާލާފައެވެ. އެ ނޫހުން ބުނި ގޮތުގައި، މައިގަނޑު ކަރަންޓު މަރުކަޒުތަކުގެ 70 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ އަދަދެއް ހުރީ ފާރިސް ކަނޑުއޮޅީގެ އައްސޭރީގައި ކަމަށާއި، އެ ހުރިހާ ތަނަކީވެސް އީރާނުގެ ހަމަލާ ފޯރާ ފަށުގައި ހުރި ތަންތަނެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލާ ގުޅުން އޮންނަ ނޫރުނިއުސް އެޖެންސީން ބުނީ، ޓްރަމްޕްގެ އިންޒާރަކީ ބާރު ދެއްކުމެއް ނަމަވެސް، އެއީ އެމެރިކާގެ ނާޒުކުކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. މަސްރަހު ގޯސްވެއްޖެ ކޮންމެ ހާލަތެއްގައި އީރާނުން ގިނަ ފަންތިތަކެއްގެ ބަދަލުހިފުމުގެ ހަމަލާތައް ދޭނެ ކަމަށާއި، މީގެ ސަބަބުން އިގްތިސާދީ، އިޖުތިމާއީ އަދި ތިމާވެށީގެ ބޮޑެތި ކާރިސާތަކެއް ކުރިމަތިވާނެ ކަމަށް އެ އެޖެންސީން އިންޒާރު ދިނެވެ.

ތެހެރާނުން އަންނަ ހަރުކަށި ބަސްމަގުގެ އިތުރު މިސާލެއް ދައްކަވަމުން، އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުގެ ހެޑްކުއާޓާސްގެ ކޮމާންޑަރު ވިދާޅުވީ، އެ ގައުމުގެ ސިފައިންގެ އަސްކަރީ ފަލްސަފާ މިހާރު ދިފާއީ ހާލަތުން އިސްވެ ހަމަލާދޭ ހާލަތަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި "އާ ހައިރާންކުރުވަނިވި ކަންތައްތަކެއް" ފެންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެދުއިރުމަތީގައި އެމެރިކާއިން ހިންގާ އޮޕަރޭޝަންތައް މަދުކުރަން ފަށާފައިވާ ކަމަށް ރައީސް ޓްރަމްޕް ކުރިން ވިދާޅުވި ނަމަވެސް، ފަހުގެ އިންޒާރުތަކުން ދޭހަވަނީ ކުރިއަށް އޮތް ހަފުތާގައި ސަރަހައްދުގެ މަދަނީ ވަސީލަތްތަކަށް އަމާޒުކޮށް ބޮޑެތި ހަމަލާތަކެއް ބަދަލުކުރެވިދާނެ ކަމުގެ ބިރު އޮތް ކަމެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދީފިނަމަ އަލުން އިއާދަނުކުރެވޭ ވަރަށް އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލާނަން: އީރާންދުނިޔެ | 2 ގަޑިއިރު ކުރިންއީރާނުގެ ޔުރޭނިއަމް މަރުކަޒުތަކަށް ދޭ ހަމަލާތައް ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު: ރަޝިޔާދުނިޔެ | 10 ގަޑިއިރު ކުރިންއިސްރާއީލް ބިރުން ހުރިހާ ސްކޫލްތަކެއް ބަންދުކޮށް ގިނަ ފިޔަވަޅުތަކެއް އަޅައިފިދުނިޔެ | 10 ގަޑިއިރު ކުރިންއިސްރާއީލުގެ ދެ ސިޓީ އަކަށް އީރާނުގެ މިސައިލުގެ ވާރޭ އޮއްސާލައި ދުޝްމަނުންނަށް ސިހުންދުނިޔެ | 17 ގަޑިއިރު ކުރިން