logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުތަކަށް ދޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލުތަކެއް: ރަޝިޔާ

މުހައްމަދު މޫސާމުހައްމަދު މޫސާ
22 މާރިޗު 2026 - 04:29
ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ
ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ

އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި، މީގެ ސަބަބުން މެދުއިރުމަތީގައި ބޮޑު ކާރިސާއެއް ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށް ރަޝިޔާއިން އިންޒާރު ދީފިއެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި، މިފަދަ ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް އަނަޑޯލޫ ނިއުސް އޭޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަޚަރޯވާ ނެރުއްވި ބަޔާނެއްގައި، އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އަސްކަރީ، މަދަނީ އަދި ނިއުކްލިއާ އިންފްރާސްޓްރަކްޗާއަށް ދެމުންދާ ހަމަލާތައް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން އާންމުންގެ ފުރާނައަށް ލިބޭ ގެއްލުންތަކަށާއި، ރޭޑިއޭޝަންގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވެދާނެ ނުރައްކާތަކަށް އެ ގައުމުތަކުން ދަނީ އިހުމާލުވަމުންނެވެ. ޚާއްޞަކޮށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) ގެ ބެލުމުގެ ދަށުން ހިންގާ ނަޠަންޒްގައި ހުންނަ މަރުކަޒަށް ހޮނިހިރު ދުވަހު ދިން ހަމަލާއަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ. އާއި އައި.އޭ.އީ.އޭ ގެ ޗާޓަރުތަކުގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހާއި އެ އެޖެންސީގެ ޖެނެރަލް ކޮންފަރެންސްގެ ގަރާރުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް،" ޒަޚަރޯވާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު އެމެރިކާގެ ވައިގެ ހަމަލާތަކުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަލާކުކޮށްލާފައިވާ ކަމަށް ކުރިން ބުނި ބުނުމާ، މިހާރު ދެމުންދާ ހަމަލާތައް ފުށުއަރާ ކަމަށެވެ.

އީރާނުގެ ސެމީ އޮފިޝަލް ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނު އެމެރިކާ އާއި އިސްރާއީލުން ވަނީ ނަޠަންޒްގައި ހުންނަ ޝަހީދު އަހުމަދީ ރޯޝަން މަރުކަޒަށް ހަމަލާދީފައެވެ. އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން މި ހަމަލާތައް ސިފަކޮށްފައިވަނީ އިސްރާއީލާއި އެމެރިކާއިން ހިންގާ "ޖިނާއީ ހަމަލާތަކެއް" ގެ ގޮތުގައެވެ. މީގެ ކުރިން މާރިޗު 2 ވަނަ ދުވަހު ވެސް މި މަރުކަޒަށް ވަނީ ހަމަލާތަކެއް އަމާޒުވެފައެވެ.

މި ހަމަނުޖެހުންތައް އިތުރަށް ގޯސްވެފައިވަނީ މިދިޔަ ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ. އޭގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވެސް ދަނީ އިސްރާއީލަށާއި ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ. މިދިޔަ އަހަރުގެ ޖޫން މަހު ވެސް އެމެރިކާއިން ވަނީ އީރާނުގެ ފޯރްޑޯ، އިސްފަހާން އަދި ނަޠަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފައެވެ.

ރަޝިޔާއިން ވަނީ އދ. އާއި އައި.އޭ.އީ.އޭ ގެ ވެރިން ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ މުޖުތަމައުން މި ޒިންމާދާރުކަން ކުޑަ އަމަލުތަކާ މެދު އިންސާފުވެރި ގޮތެއްގައި ވަޒަންކުރުމަށް ގޮވާލާފައެވެ. ޒަޚަރޯވާ ވިދާޅުވި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން މުޅި މެދުއިރުމައްޗަށް އަސަރުކުރާނެ ފަދަ ބޮޑު ކާރިސާއެއްގެ ނުރައްކާ މިހާރު ވަނީ އުފެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ ޔުރޭނިއަމް މަރުކަޒުތަކަށް ދޭ ހަމަލާތައް ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު: ރަޝިޔާދުނިޔެ | ގަޑިއިރެއް ކުރިންއިސްރާއީލް ބިރުން ހުރިހާ ސްކޫލްތަކެއް ބަންދުކޮށް ގިނަ ފިޔަވަޅުތަކެއް އަޅައިފިދުނިޔެ | ގަޑިއިރެއް ކުރިންއިސްރާއީލުގެ ދެ ސިޓީ އަކަށް އީރާނުގެ މިސައިލުގެ ވާރޭ އޮއްސާލައި ދުޝްމަނުންނަށް ސިހުންދުނިޔެ | 8 ގަޑިއިރު ކުރިންއީރާނަށް ހަމަލަދޭން ފޯޅަވަހި ދިނުމުން އީރާނުން އެތަނަށް ހަމަލާދީފިދުނިޔެ | ދުވަހެއް ކުރިން