logo
MPL

MPL

ކުޅިވަރު

ރެފްރީންގެ ނުކިއްސަރު ނިންމުންތަކާއެކުވެސް ރެއާލް އިން 10 ކުޅުންތެރިންނާއެކު ފަހަތުން އަރައި އެތްލެޓިކޯ ބަލިކޮށްފި

އަބްދުﷲ ޣާނިމް
23 މާރިޗު 2026 - 02:47
ރެފްރީންގެ ނުކިއްސަރު ނިންމުންތަކާއެކުވެސް ރެއާލް އިން 10 ކުޅުންތެރިންނާއެކު ފަހަތުން އަރައި އެތްލެޓިކޯ ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޑްރިޑް ޑާބީގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް 3-2 އިން ބަލިކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. މި މެޗުގައި ރެއާލްގެ ވިނީޝިއަސް ޖޫނިއާ ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ފަހުކޮޅު ފެޑެރިކޯ ވަލްވާޑޭއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯއިން ވަނީ ލީޑު ނަގާފައެވެ. މިއީ އެޓީމަށް ކުޅެމުންދާ އަޑެމޯލާ ލުކްމަން ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ވިނީޝިއަސް ކާމިޔާބުކުރި ޕެނަލްޓީއަކުން ރެއާލުން ނަތީޖާ ހަމަހަމަކުރިއެވެ. އޭގެ ތިން މިނެޓު ފަހުން ވަލްވާޑޭ ވަނީ ރެއާލަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ހޯދައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެތުލެޓިކޯގެ ނަހުއެލް މޮލީނާ ފޮނުވާލި ހިތްގައިމު ދުރު ހަމަލާއަކުން މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކުރި ނަމަވެސް، ވިނީޝިއަސް ވަނީ އިތުރު ލަނޑެއް ޖަހައި އަލުން ރެއާލަށް ކުރި ހޯދައިދީފައެވެ. މެޗުގެ ފަހުކޮޅު އެލެކްސް ބައޭނާއަށް ކުރި ފައުލަކާ ގުޅިގެން ވަލްވާޑޭއަށް ރަތް ކާޑު ދެއްކުމުން ރެއާލުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށްވުރެ ހަތަރު ޕޮއިންޓް ފަހަތުގައެވެ. ބާސެލޯނާ ވަނީ އާދީއްތަ ދުވަހު ކުޅުނު މެޗުގައި ރަޔޯ ވަޔެކާނޯ 1-0 އިން ބަލިކޮށްފައެވެ. އަލްވާރޯ އަރްބެލޯއާގެ އިރުޝާދުގެ ދަށުން ކުޅޭ ރެއާލް ޓީމުން ވަނީ މެޗުގެ ފަހު މިނެޓުތަކުގައި އެތުލެޓިކޯއިން ކުރި ވަރުގަދަ އެޓޭކްތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ ސީޒަން ހުސްއަތާ ނިންމާލި ރެއާލް މެޑްރިޑުން ތިން ވަނަ ސީޒަން ފެށީވެސް ކަރުތާފެނުގައި ކުޅިވަރު | 12 ގަޑިއިރު ކުރިންހަފްތާއަކަށްވުރެ ގިނަ ދުވަހު ރެއާލްއަށް ހުވަފެން ދެއްކުމަށްފަހު، ބެލަންޑޯ އަދި ވޯލްޑްކަޕްގެ މޮޅުކުޅުންތެރިޔާ ބާސާއަށްކުޅިވަރު | 17 ދުވަސް ކުރިންޕީއެސްޖީ އާއި ލިވަޕޫލަށް ނޫނެކޭ ބުނެމަށްފަހު ޒުވާން ކުޅުންތެރިޔާ ޔާން ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ސޮއިކޮށްފިކުޅިވަރު | 17 ދުވަސް ކުރިން ސުން ޗެންޕިއަންސްލީގު ދެކި ބިރުން ޕްރީމިއަރ ލީގުގެ އެންމެ އަގޮބޮޑު އަދި މުސާރަބޮޑު އާސެނަލަށް ނޫނެކޭބުނެ، ވިނީސިއަސް ރެއާލްގައި މަޑުކުރަން ނިންމައިފިކުޅިވަރު | 17 ދުވަސް ކުރިން