logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލިވަޕޫލްގެ ލެޖެންޑް މުޙައްމަދު ސަލާޙު ކުލަބު ދޫކޮށްލަން ނިންމައިފި

އަބްދުﷲ ޣާނިމް
25 މާރިޗު 2026 - 03:05
ލިވަޕޫލްގެ ލެޖެންޑް މުޙައްމދު ސަލާޙު ކުލަބު ދޫކޮށްލަން ނިންމައިފި

ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު މި ސީޒަން ނިމުމުން އެ ކްލަބް ދޫކޮށްލާނެކަން ޕްރިމިއާ ލީގުގެ ލިވަޕޫލުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފިއެވެ.

ލިވަޕޫލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސަލާހުގެ މުސްތަގުބަލާ މެދު ސަޕޯޓަރުންނަށް ވީހާވެސް އަވަހަކަށް ހަގީގަތް ހާމަކޮށްދޭން އޭނާ ބޭނުންވީ، ސަޕޯޓަރުންނަށް އޭނާ ކުރާ އިހުތިރާމާއި ޝުކުރުވެރިކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ. އުމުރުން 33 އަހަރުގެ މިސްރުގެ ބައިނަލްއަގުވާމީ ކުޅުންތެރިޔާ މި ޚަބަރު ކަށަވަރުކޮށްދީފައިވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކުރި ވީޑިއޯ މެސެޖެއް މެދުވެރިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަލާހު ބުނެފައިވަނީ، "ބަދުނަސީބަކުން އެ ދުވަސް މިއަދު މިވަނީ އައިސްފައި. މިއީ އަލްވަދާއު ކިޔުމުގެ ފުރަތަމަ މަރުހަލާ. މި ސީޒަން ނިމުމުން އަހަރެން ލިވަޕޫލް ދޫކޮށްލާނަން،" ކަމަށެވެ. އަދި މި ކްލަބާއި، މި ސިޓީ އަދި މިތަނުގެ މީހުން އޭނާގެ ދިރިއުޅުމުގެ މިހާ މުހިންމު ބަޔަކަށް ވެދާނެ ކަމަށް ދުވަހަކުވެސް ހީނުކުރާ ކަމަށާއި، ލިވަޕޫލަކީ ހަމައެކަނި ފުޓްބޯޅަ ކްލަބެއް ނޫން ކަމަށާއި އެއީ ރޫހެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، "އަހަރެމެން ކާމިޔާބީތައް ފާހަގަކުރިން، އެންމެ މުހިންމު ތަށިތައް ކާމިޔާބުކުރިން، އަދި ދިރިއުޅުމުގެ އެންމެ އުނދަގޫ ވަގުތުތަކުގައިވެސް އެކުގައި ހަނގުރާމަކުރިން،" ކަމަށެވެ.

2017 ވަނަ އަހަރު އޭއެސް ރޯމާއިން ލިވަޕޫލާ ގުޅުނު ސަލާހަކީ އެ ކްލަބްގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ލިވަޕޫލާއެކު ދެ ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު، ފީފާ ކްލަބް ވޯލްޑް ކަޕް، ޔޫއެފާ ސުޕަ ކަޕް، އެފްއޭ ކަޕް، ދެ ލީގު ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.

ލިވަޕޫލަށް ކުޅުނު 435 މެޗުގައި 255 ގޯލު ޖަހައިދީފައިވާ ސަލާހަކީ އެ ކްލަބްގެ ތާރީޚުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އަދި އޭނާ ވަނީ ހަތަރު ފަހަރެއްގެ މަތިން ޕްރިމިއާ ލީގުގެ ރަން ބޫޓުވެސް ހޯދާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންޑޯނީ އިރައޯލާ ލިވަޕޫލްގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކުރަނީކުޅިވަރު | 20 ދުވަސް ކުރިންލިވަޕޫލުގެ ހަތުރުވެރިންނަށް އުފާވެރި ޚަބަރެއް, އަންނަ ސީޒަނުގައި ކޯޗުކަމުގައިވެސް ހުންނާނީ ސްލޮޓްކުޅިވަރު | މަހެއް ކުރިންވާދަވެރި ލިވަޕޫލާއި އެއްވަރުކޮށް ޗެލްސީިއިން ބަލިވުމުގެ ރެކޯޑް ނިމުމަކަސް ގެނެސްފިކުޅިވަރު | މަހެއް ކުރިންވާދަވެރި ލިވަޕޫލް ބަލިކުރުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑުން ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދައިފިކުޅިވަރު | 2 މަސް ކުރިން