logo
Bank of Maldives

Bank of Maldives

ޚަބަރު

ޢިލްމީ ދިރާސާތަކެއް ކުރުމަށް ފަތުވާ މަޖިލީހާއި އައިޔޫއެމް އެއްބަސްވެއްޖެ

އަޙްމަދު ޒަލީފް
10 އޮކްޓޯބަރު 2024 - 12:54
ޢިލްމީ ދިރާސާތަކެއް ކުރުމަށް ފަތުވާ މަޖިލީހާއި އައިޔޫއެމް އެއްބަސްވެއްޖެ

ދީނީ ހޭލުންތެރިކަން އިތުރުކުރަން އިލްމީ ދިރާސާތަކާއި މަސައްކަތްތައް ކުރުމުގެ ފަހުމުނާމާއެއްގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމްއިން) އިން ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި ފަހުމުނާމާގައި ފަތުވާދޭ އެންމެ މަތީ މަޖިލިހުގެ ފަރާތުން ސޮއިކުރެއްވީ އެ މަޖިލިހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމެވެ. އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ވައިސް ޗާންސެލަރު ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފަހުމުނާމާއަކީ ދިވެހި މުޖުތަމައަށް ދީނީ ގޮތުން އެނގުން އެންމެ މުހިންމު ކަމަށް ފެންނަ ނުވަތަ އެންމެ ބޮޑަށް މުޖުތަމައުގައި އޮޅުންއަރާ ކަމަށް ފެންނަ ކަންކަމާއި ދާއިރާތަކަކީ ކޮބައިކަން ދެނެގަތުމުގެ ބޭނުމުގައި އިލްމީ ދިރާސާ ކުރުމަށް އެކުލަވާލި ފަހުމުނާމާއެކެވެ. އަދި އިދާރާތައް ގުޅިގެން ދީނީ އެކިއެކި ދާއިރާތަކުން ދީނީ، ޒަމާނީ އަދި އިލްމީ މަސައްކަތްތައް ކުރުން ހިމެނެ އެވެ.

މި ފަހުމުނާމާގެ މަގުސަދަކީ ދެ އިދާރާ ގުޅިގެން ދިވެހި މުޖުތަމައަށް ބޭނުންވާ އެކިއެކި ދީނީ، އިލްމީ ދިރާސާތައް ކުރުމާއި ގުޅުންހުރި ދާއިރާތަކުން އެއްބާރުލުން ދިނުމާއި ދީނީ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ބޭނުންވާ ދިރާސާތަކުގެ އިތުރުން އިލްމީ މަސައްކަތްތައް ކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އައިޔޫއެމްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންއިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރޭ: ނައިބު ރައީސްޚަބަރު | 10 މަސް ކުރިންރާއްޖޭގެ ފަތުވާ ނިޒާމު ހަރުދަނާ ކުރުމަކީ ވަރަށް ބޮޑު އަމާޒެއް - މިނިސްޓަރޚަބަރު | 2 އަހަރު ކުރިންފަތުވާ މަޖިލީހުގެ އާ ވެބްސައިޓް ލޯންޗްކޮށްފިޚަބަރު | 2 އަހަރު ކުރިން