logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ފަތުވާ ނިޒާމު ހަރުދަނާ ކުރުމަކީ ވަރަށް ބޮޑު އަމާޒެއް - މިނިސްޓަރ

އަޙްމަދު ޒަލީފް
23 ނޮވެމްބަރު 2024 - 13:16
ރާއްޖޭގެ ފަތުވާ ނިޒާމު ހަރުދަނާ ކުރުމަކީ ވަރަށް ބޮޑު އަމާޒެއް - މިނިސްޓަރ

ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ފިޤުހުގައި ފަތުވާގެ މަޤާމަކީ ވަރަށް މަތިވެރި މަޤާމެއްކަމަށާއި ވަކި ކަމެއްގެ ޝަރުޢީ ޙުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ޙަޤީޤަތް ތަޞައްވުރު ކުރުމަކީ ޝަރުޢީ ޤަވާޢިދެއްކަމަށެވެ.

އަދި މިޒަމާނުގައި، ކުރިމަތި ވެފައިވާ ޒަމާނީ ފިޤުހީ މައްސަލަތަކުގައި ޙުކުމްތައް ބަޔާންކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާކުރެވެންޖެހޭކަމަށާއި އެފަދަ ކަންކަމުގައި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމަޢު ބައިބައިވެގެން ހިނގައިދާނެ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން ބާއްވާ "ފަތުވާ މަހާސިންތާ" މިއަދު ވަނީ ފަށާފައެވެ.

މިއީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމިކް މިނިސްޓްރީ ގުޅިގެން ބާއްވާ މަހާސިންތާ އެކެވެ.

މި ހާސިންތާ އަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ ފަތުވާ މަހާސިންތާއެވެ. 

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އިސްލާމިކް މިނިސްޓްރީން އިސްނަގައިން ބާއްވާ މި މަހާސިންތާގެ މައުސޫއަކީ "މުޖުތަމައު އިސްލާހު ކުރުމުގައި ފަތުވާގެ ދައުރު"އެވެ.

މި މަހާސިންތާގެ މަގުސަދަކީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި އިސްލާމްދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތްކުރައްވާ ފަރާތްތައް، އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މި މަހާސިންތާ ކުރިއަށް ގެންދަނީ ޕެނަލް ޑިސްކަޝަންތަކެއް ހިމެނޭހެންނެވެ. މި ޕެނަލް ޑިސްކަޝަންތަކުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިން ބައިވެރިވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައިޚަބަރު | ދުވަހެއް ކުރިންރިސަރޗް ލައިބްރަރީއަކާއެކު ހުލުމާލޭގައި ބިނާކުރާ މިސްކިތުގެ ބޮޑު ބައެއް ނިމިއްޖެޚަބަރު | 3 ދުވަސް ކުރިންދާރުލްއަރްޤަމްގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ދުވަސް ކުރިންޒިކުރާ މިސްކިތް ހުރި ތަނުގައި 3 ބުރީގެ ޒަމާނީ މިސްކިތެއް އަޅަން ސްޕޮންސަރ ހަމަޖެހި ޑިޒައިންގެ މަސައްކަތް ނިމެނީޚަބަރު | 6 ދުވަސް ކުރިން