logo
Bank of Maldives

Bank of Maldives

ވިޔަފާރި

ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލުތައް ހާމަކޮށްފި

މުޙައްމަދު އަފްރާޙް
26 މާރިޗު 2026 - 05:34
ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލުތައް ހާމަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިއްސާ އަށް ގެންނަ ބަދަލުތައް ހާމަކޮށްފިއެވެ.

އެ ބޭންކުން ބުނީ ހިއްސާދާރުންގެ އަތުގައި 'ރެކޯޑް ޑޭޓް' ( 18 މާރިޗު 2026) އާ ހަމަޔަށް ހުރި މޫނުމަތީ އަގުގެ 50 ރުފިޔާ ގެ ކޮންމެ 1 ހިއްސާއަކަށް 2 ބޯނަސް ހިއްސާ ދޫކުރުމަށް ބޯޑުން އާންމު ޖަލްސާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިސާލެއްގެ ގޮތުން ބީއެމްއެލް އިން ބުނީ 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބޭނެ ކަމަށާއި އެހެންކަމުން، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެ ކަމަށެވެ. އަދި ދެން އޮތީ 1 އިޒްޓު 10  ރޭޝިއޯ އިން ހިއްސާ ބައިކުރުން ކަމަށާއި ހިއްސާ ބައިކުރުމަކީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް ހިއްސާއަކަށްޖެހޭ އަގު ދަށްކުރުން ކަމަށެވެ.

ބީއެމްއެލް އިން ބުނީ މި ރޭޝިއޯއިން ބޭންކުގެ ހިއްސާ ބައިކުރުމުން ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެ ކަމަށާއި މިސާލަކަށް މިހާރު 100 ހިއްސާ އޮންނަ މީހެއްގެ ޖުމްލަ ހިއްސާ 3،000 ހިއްސާ އަށް ބަދަލުވާނެ ކަމަށެވެ. އެއާއެކު ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަވާނެ ކަމަށާއި މި ބަދަލުގެ ސަބަބުން ހިއްސާދާރުންގެ ހިއްސާގެ ޖުމްލަ އަގަކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ވަނީ ހިއްސާ ބައިކުރުމަށް ނިންމި މަގުސަދުތައް ވެސް ހާމަކޮށްފައެވެ. އެގޮތުން އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުމާއި ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުން ހިމެނޭކަމަށް ބުނެއެވެ. އަދި މާކެޓް ލިކުއިޑިޓީ އާއި ހިއްސާގެ ބާޒާރުގެ ހަރަކާތްތަކަށް މަގު ފަހިކޮށްދިނުމުގެ އިތުރުން މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި، ހާލަތެއްގައި އެކަމަށް ތައްޔާރުވުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.

ބީއެމްއެލް އިން ބުނީ ހިއްސާގެ އަގު ކުޑަވުމާއެކު މާކެޓުގައި އިންވެސްޓްރުންނަށް ބައިވެރިވުމަށް ހިތްވަރުދެވި، ލިކުއިޑިޓީ އަދި ޓްރޭޑިންގ ހަރަކާތްތައް އިތުރުވެގެންދާނެ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލުތައް ހާމަކޮށްފިވިޔަފާރި | 2 ގަޑިއިރު ކުރިންބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް – ބީއެމްއެލް ސީއީއޯ ވިޔަފާރި | 21 ގަޑިއިރު ކުރިންބީއެމްއެލްގެ ފައިދާ އިތުރުކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑުކޮށްގެނެއްނޫން : ސީއީއޯ ވިޔަފާރި | ދުވަހެއް ކުރިންބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި، ކުރީ އަހަރަށްވުރެ %70 އިތުރު ވިޔަފާރި | ދުވަހެއް ކުރިން