logo
MPL

MPL

ވިޔަފާރި

ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި، ކުރީ އަހަރަށްވުރެ %70 އިތުރު

އިސްމާޢިލް ރާތިޢު
25 މާރިޗު 2026 - 09:33
ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި، ކުރީ އަހަރަށްވުރެ %70 އިތުރު

ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އަހަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 70 ޕަސެންޓް އިތުރަށް ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަމުން ޝަރީފު ވިދާޅުވީ 2025 ވަނަ އަހަރު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 565 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ކާޑު ލިމިޓްތަކަށް ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުން ބޭނުންވާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އެހީތެރިވުމުގައި ބޭންކުން އޮތް މިންވަރު ހާމަކޮށްދެނީ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުނެވެ. މިދިޔަ އަހަރު ބީއެމްއެލް ކާޑުތަކުން އޭޓީއެމް، ޕީއޯއެސް އަދި އީކޮމާސް ހިމެނޭހެން ރާއްޖެއިން ބޭރުންކޮށްފައިވާ މުއާމަލާތްތަކުގެ ޖުމްލަ އަދަދު 524 މިލިއަން ޑޮލަރަށް އަރައެވެ. މިއީ އޭގެ ކުރީއަހަރާ އަޅާބަލާއިރު 200 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ.
ކުރިން ވިޔަފާރިތަކަށް ބޭނުންވާ ޓީޓީއަށް ދޫކުރެވެނީ %5 ނަމަވެސް، މިދިޔަ އަހަރު ތެރޭ ބެންކުން ވަނީ ވިޔަފާރިތަކުން ހަދާ ޓީޓީއަށް ޑޮލަރު ދޭ މިންވަރު %50 އާ ހަމަޔަށް އިތުރުކޮށްދީފައެވެ.

މި ހެޔޮ ބަދަލުތަކާއެކު ބޭންކަށް ވެސް ވިޔަފާރިތަކަށްވެސް އަދި އާންމު ފަރުދުންނަށްވެސް އޭގެ މަންފާ ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ މަހު ބީއެމްއެލް ގޭޓްވޭއިން ޑޮލަރު ބަލައިގަނެ ފައިސާ ދެއްކޭނެވިޔަފާރި | ގަޑިއިރެއް ކުރިންބޯހިޔާވަހިކަމުގެ އިކުއިޓީ ދައްކަން ދަތިވި މައްސަލައަށް ސަރުކާރުން ހައްލެއް ގެނެސްދީފިޚަބަރު | 7 ދުވަސް ކުރިންތާރީޚީ ކާމިޔާބީއެއް: ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލްޚަބަރު | 13 ދުވަސް ކުރިންބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު 9 މަސް: ސާފު ފައިދާ 1.93 ބިލިއަނަށް!ޚަބަރު | 17 ދުވަސް ކުރިން