logo
Bank of Maldives

Bank of Maldives

ޚަބަރު

ތިނަދޫ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

ޒިދާން މުޙައްމަދު
26 މާރިޗު 2026 - 12:39
ތިނަދޫ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

ތިނަދޫ ސިޓީގައި ހުންނަ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ - އެމްޓީސީސީންނެވެ.

ތިނަދޫ ސިޓީގެ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 87,455 އަކަފޫޓުގެ ސަރަހައްދެއްގައި 102 އެނދުގެ ޖާގައިގެ ޢިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މިއ،ީ 144.43 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

10,000 މަތީގެ އާބާދީއެއް އޮންނަ ތިނަދޫ ސިޓީއަކީ ދުވާލަކު އެތައް ބަޔަކު ޞިއްޙީ ފަރުވާ ހޯދުމަށް ދަތުރުކުރާ އަތޮޅުގެވެރިކަން ކުރާ ރަށެވެ. ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރު ވިންގެއް ޑިޒައިންކޮށް ޢިމާރަތް ކުރުމުގެ ޢަމަލީ މަސައްކަތް ނިމުމާއެކު ތިނަދޫއިން ލިބޭ ސިއްޙީ ފަރުވާ އިތުރުވެ، ތިނަދޫ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ބޭސްފަރުވާގެ ޚިދުމަތް ލިބުމަށް މަގުފަހި ވެގެންދާނެއެވެ.

ޓާޝަރީ ފެންވަރަށް އެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ އިތުރުން މިއަދު ވަނީ އެމް.އާރް.އައި ޚިދުމަތަށް ބޭނުންވާ މަސައްކަތްތައް ފެށުމުގެ އިތުރުން، ހައިޕަރބެރިކް އޮކްސިޖަން ޗޭމްބަރ އިންސްޓޯލްކުރުމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދުއާއި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ސިޓީގެ މެންބަރުންނާއި ތިނަދޫ ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިނަދޫ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންގދ. ތިނަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެޚަބަރު | 9 މަސް ކުރިންތިނަދޫ ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުވައިފިޚަބަރު | 2 އަހަރު ކުރިން