logo
Bank of Maldives

Bank of Maldives

ޚަބަރު

ތިނަދޫ ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުވައިފި

އަޙްމަދު ޒަލީފް
21 ސެޕްޓެމްބަރު 2024 - 07:54
ތިނަދޫ ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުވައިފި

ތިނަދޫގައި ހުންނަ ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުވައިފި އެވެ.

މި ބްލަޑް ބޭންކް ހުޅުވައި ދެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.

Ad by Hajj Corporation

Ad by Hajj Corporation

460810829_1019194303327511_5096181928527344572_n.jpg

ތިނަދޫ ހޮސްޕިޓަލްގައި ބްލަޑް ބޭންކް އެއް ހުޅުވުން

ތިނަދޫ ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުވީ އެ ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފުލާއެއްގަ އެވެ. މި ސަރުކާރުން ވަނީ ލޭ ހޯދުން ފަސޭހަ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ބްލަށް ބޭންކް ގާއިމު ކުރަން ނިންމައިފަ އެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތިނަދޫގައި ޓާޝަރީ ލެވެލް އަށް ސިއްހީ ޚިދުމަތް ދެވޭ ގޮތް ހަދަން ރާވާފައިވާ ކަމަށާއި މި އަހަރު ނުވަތަ އަންނަ އަހަރު އެކަމާ ގުޅުންހުރި މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި ތިނަދޫ ހޮސްޕިޓަލުގައި ވެލްނެސް ސެންޓަރާއެކު އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ވެސް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

460811788_1019187813328160_3264423842084666305_n.jpg

ތިނަދޫ ހޮސްޕިޓަލްގައި ބްލަޑް ބޭންކް އެއް ހުޅުވުން

ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތުގެ މަޝްރޫއު ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީސީ) އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު 30 ގަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިނަދޫ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންގދ. ތިނަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެޚަބަރު | 9 މަސް ކުރިންތިނަދޫ ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުވައިފިޚަބަރު | 2 އަހަރު ކުރިން