logo
Bank of Maldives

Bank of Maldives

ރިޕޯޓް

ތިނަދޫ ސިޓީ އަށް އުންމީދީ ބަދަލަކަށް ޝަހާއުﷲ، މުރާލި، ގާބިލު، ތަޖުރިބާހުރި ނަމޫނާ ޗޮއިސް އެއް!

މުހައްމަދު މޫސާމުހައްމަދު މޫސާ
26 މާރިޗު 2026 - 16:56
ޝަހާއުﷲ، ރައީސް މުޢިއްޒާ އެކު
ޝަހާއުﷲ، ރައީސް މުޢިއްޒާ އެކު

ގދ. ތިނަދޫ ސިޓީގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި އައު ޖޯޝަކާއި ދިރުމެއް ގެނުވުމަށްޓަކައި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ތިނަދޫ ސިޓީ ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައިވާ ޝަހާއުﷲ ޝަމީމަކީ އުއްމީދީ އަދި އެހާމެ ގާބިލު ކެންޑިޑޭޓެކެވެ.

މި އިންތިޚާބުގައި ޝަހާއުﷲ ޚިޔާރު ކުރުން ވެގެންދާނީ ސިޓީގެ ތަރައްގީ އަށް ނެގޭ ''ރަން ޗޮއިސް'' އަކަށްކަން ކަށަވަރުވާ އެތައް ސަބަބުތަކެއް ޝަހާﷲގެ ޚިދުމަތުގެ ސަފުހާތަކުން އެކަނި ވެސް ކަށަވަރުކޮށްދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

undefined

ޝަހާއުﷲ ރައީސް މުޢިއްޒު އާއި އެކު

 

ތަޢާރަފާއި ތަޢުލީމީ ފަސްމަންޒަރު

ޝަހާއުﷲ ޝަމީމަކީ ތިނަދޫ ސިޓީ ދެކުނު ދާއިރާއަށް އުފަން، އެ ދާއިރާގައި އުޅެބޮޑުވި އެ ދާއިރާގެ ދަރިއެކެވެ. އޭނާއަކީ ސަންފާ މަނިކެގެ ސަޢީދުގެ ޚަދީޖާ އާއި ކައިދާފާނުގެ އަލީ ޝަމީމް (ކަތީބު ޝަމީމް) ގެ ދަރިއެކެވެ. ތަޢުލީމީ ޙަޔާތް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން ނިންމެވުމަށްފަހު، ވޭތުވެދިޔަ 22 އަހަރު ދުވަހު އޭނާ ވަނީ ސަރުކާރުގެ އެކިއެކި މަޤާމުތަކާއި އަމިއްލަ ކުންފުނިތަކުގައި ވަޒީފާ އަދާކުރައްވައި، މަސައްކަތުގެ ބޮޑު ތަޖުރިބާއެއް ހޯއްދަވާފައެވެ.

photo_2026-03-26_22-08-10.jpg

ޝަހާއުﷲ ތިނަދޫގެ ރައްޔިތަކާއި ސަލާމް ކުރަށްވަނީ

 

ސިޔާސީ އަދި އިޖުތިމާޢީ ޚިދުމަތް

ޝަހާއުﷲގެ ސިޔާސީ ޙަޔާތް ފެށުނީ 2011 ވަނަ އަހަރުއެވެ. ޕީޕީއެމް/ޕީއެންސީގެ ގްރާސްރޫޓުން ފެށިގެން މަސައްކަތް ކުރައްވައި، އޭނާ ވަނީ ޕީޕީއެމް ސްޓިއަރިންގ ކޮމިޓީގެ މެންބަރުކަމާއި، މިހާރު ހިނގަމުންދާ ޕީއެންސީގެ ސްޓިއަރިންގ ކޮމިޓީގެ ރައީސްގެ މަޤާމު ފަދަ ޒިންމާދާރު މަޤާމުތައް ފުރަހައްދަވާފައެވެ.

photo_2026-03-26_22-10-11.jpg

ޝަހާއުﷲ ޕީޕީއެމް/ޕީއެންސީގެ ކެމްޕޭން ހަރަކާތެއް ލީޑްކުރަށްވަނީ

 

އިޖުތިމާޢީ ގޮތުން ބަލާއިރު، 2014 އިން ފެށިގެން ތިނަދޫ ސްޕޯޓްސް ކުލަބުގެ އެކްޓިވް މެންބަރެއްގެ ގޮތުގައި އޭނާ ދަނީ މަސައްކަތް ކުރައްވަމުންނެވެ.

photo_2026-03-26_22-13-59.jpg

ޝަހާއުﷲ ކެމްޕޭން ރެލީއެއްގައި، އޭނާ އަކީ ޕީއެންސީ އަށް ވަރަށް ޚިދުމަތްތެރި ވަފާތެރި ބޭފުޅެއް

 

ކޯޑިނޭޓަރުކަމާއި، އެސިސްޓެންޓް ޖެނެރަލް ސެކްރެޓަރީކަން ކުރެއްވުމަށްފަހު، މިހާރު އޭނާއަކީ އެ ކުލަބުގެ ޖެނެރަލް ސެކްރެޓަރީއެވެ.

photo_2026-03-26_22-17-09.jpg

ޝަހާއުﷲ، ތިނަދޫގެ އިޖުތިމާއީ ޚިދުމަތުގެ ވެސް ނަމޫނާއެއް

 

ރަށުގެ ކުޅިވަރު ކުރިއެރުވުމަށާއި، ފުޓުބޯޅަ ތަރައްޤީކޮށް ކޯޗުން ތަމްރީނުކުރުމުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ.

photo_2026-03-26_22-10-16.jpg

ޝަހާއުﷲ ޕީއެންސީގެ ކެމްޕޭން ހަރަކާތެއްގައި

 

ދިރިއުޅުމުގެ ކާމިޔާބީތައް

ޝަހާއުﷲގެ ދިރިއުޅުމުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ އާމްދަނީއަކުން ކާމިޔާބު އާއިލީ ދިރިއުޅުމެއް ބިނާކުރެވުމެވެ.

photo_2026-03-26_22-15-41.jpg

ޝަހާއުﷲގެ ޚިދުމަތްތަން ތަންކޮޅެއް ދެތިން ފޮޓޯއިން

 

އަނތްބަކާއި ދެ ކުދިންނާއެކު އުފާވެރި ދިރިއުޅުމެއް އުޅުއްވަމުންދާއިރު، އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ އޭނާގެ އަނބިމީހާގެ ފަރާތުން ލިބޭ ފުރިހަމަ އެއްބާރުލުމާއި ހިތްވަރުކަން އޭނާ ފާހަގަކުރައްވައެވެ. ވަޒީފާގެ މައިދާނުގައި ލިބިފައިވާ ކުރިއެރުންތަކަކީ ވެސް އޭނާގެ އިޚުލާސްތެރި މަސައްކަތުގެ ނަތީޖާއެވެ.

photo_2026-03-26_22-12-05.jpg

ޝަހާއުﷲ، އޭނާގެ ލީޑަރޝިޕް އެންމެންވެސް ބަލައިގަނޭ

 

އިންތިޚާބަށް ކުރިމަތިލީ ސަބަބާއި އަމާޒުތައް

ކައުންސިލަށް ކުރިމަތިލުމުގެ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނުލިބޭކަމުގެ ޝަކުވާ އޮތުމާއި، ކައުންސިލުން ރައްޔިތުންނަށް އިހުމާލުވަމުންދާކަން އިހުސާސްވުމެވެ. ޝަހާއުﷲގެ އަމާޒަކީ ރައްޔިތުންގެ މަޝްވަރާއާއެކު، އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމެވެ.

photo_2026-03-26_22-18-26.jpg

ޝަހާއުﷲގެ ޚިދުމަތުގެ ލިސްޓް ވަރަށް ދިގު

 

މަޤާމަށް ހޮވިއްޖެނަމަ، އޭނާގެ އެންމެ ފުރަތަމަ އިސްކަމަކީ:

  • ދޮރުން ދޮރަށް ހިނގިއިރު ރައްޔިތުން ފާހަގަކުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދުން.
  • ބޯހިޔާވަހިކަމާއި، ޒުވާނުންނަށް ބޭނުންވާ ކަންކަމުގައި މަސައްކަތްކުރުން.
  • ސިއްޙީ އަދި ތަޢުލީމީ ދާއިރާގެ ހުރި މައްސަލަތައް ސަރުކާރާ ގުޅިގެން ޙައްލުކުރުން.

photo_2026-03-26_22-19-49.jpg

ޝަހާއުﷲ، އިޖުތިމާއީ، ކުޅިވަރުގެ ދާއިރާއިން ވެސް ވިދުން ގަދަ ނަމެއް

 

ޝަހާއުﷲ އިންތިޚާބު ކުރަންވީ ކީއްވެ؟

ޝަހާއުﷲ އަކީ ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރެވޭނެ، އިތުބާރު ހިފޭ، އަދި ސަރުކާރާ ގުޅިގެން ދާއިރާއަށް ތަރައްޤީ ގެނެވޭނެ ފަދަ ޤާބިލުކަން ހުރި ފަރާތެކެވެ.

photo_2026-03-26_22-21-12.jpg

ޝަހާއުﷲ، ހުރިހާ ދާއިރާއަކުން ވެސް ނަމޫނާ ލީޑަރެއް،

 

މުޅި ދެކުނު ދާއިރާއަށް ބަލާއިރު، އޭނާއަކީ ޕީއެންސީގެ ފަރާތުން ހުރި ހަމައެކަނި ފިރިހެން ކެންޑިޑޭޓެވެ. ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓަކު ދާއިރާ ތަމްޞީލުކުރުމަކީ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށް ލިބޭނެ އެންމެ ބޮޑު ފުރުޞަތުކަމުގައި އޭނާ ދެކެއެވެ. ޝަހާއުﷲ ޝަމީމަކީ ތިނަދޫ ސިޓީ ދެކުނު ދާއިރާގެ އުއްމީދީ މުސްތަޤުބަލަށްޓަކައި އެންމެ އެކަށޭނަ ކެންޑިޑޭޓެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިނަދޫ ސިޓީ އަށް އުންމީދީ ބަދަލަކަށް ޝަހާއުﷲ، މުރާލި، ގާބިލު، ތަޖުރިބާހުރި ނަމޫނާ ޗޮއިސް އެއް!ރިޕޯޓް | 2 ގަޑިއިރު ކުރިންއިންތިޚާބުގެ އޮފިޝަލުންނަށް ރިފްރެޝަރ ސެޝަންތައް ފަށައިފިޚަބަރު | 2 ދުވަސް ކުރިންތިނަދޫ ސިޓީގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓް މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ދުވަސް ކުރިންވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފިޚަބަރު | 9 ދުވަސް ކުރިން