logo
Bank of Maldives

Bank of Maldives

ޚަބަރު

ވިލިމާލޭ 300 ހައުސިން ޔުނިޓުގެ މަޝްރޫއަކީ ނަތީޖާ ނެރެވޭނެ ކަމަކަށް ހަދެދުމަށް ސަރުކާރުން މަސައްކަތްކުރޭ: ބީއެމްއެލް

ޒިދާން މުޙައްމަދު
27 މާރިޗު 2026 - 03:48
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް

ވިލިމާލޭ 300 ހައުސިން ޔުނިޓުގެ މަޝްރޫއަކީ ނަތީޖާ ނެރެވޭނެ ކަމަކަށް ހަދެދުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ގައުމީ ބޭންކު - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް މިފަދައިން ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ، ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢަކީ ކާމިޔާބު އަދި ނަތީޖާ ނެރެވޭނެ މަޝްރޫޢަކަށް ހެދުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ކުލި ދައްކަން ނުޖެހޭ ގޮތަށް ބިން ހަމަޖައްސަވައި ދެއްވުމަކީ، ސަރުކާރުން ނިންމެވި ވަރަށް ޙިކުމަތްތެރި އަދި ދުރުވިސްނޭ ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ މީގެ ސަބަބުން، ދިވެހި ޢާއިލާތަކަށް ހަޤީގީ މާނާއިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރު ކޮށްދިނުމަށް މަގުފަހިވެފައިވާ ކަމަށެވެ.

ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، މީގެ ސަބަބުން މަޝްރޫޢުގެ ޚަރަދު ބޮޑުތަނުން ކުޑަވެފައި، ދިވެހި ޢާއިލާތަކަށް ހަޤީގީ މާނައިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށް މިވަނީ މަގުފަހިވެގެން ގޮއްސަ ކަމަށެވެ. މިއީ ހަރުދަނާ ސިޔާސަތުތަކެއްގެ ސަބަބުން ރައްޔިތުންނަށް ސީދާ މަންފާކުރާނެ ކަމުގެ ލާމަސީލު މިސާލެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުލި ދައްކަމުން ގޮސް މިލްކުވާ މޮޑެލްއެއް ފުޅާދާއިރާއެއްގައި ތަޢާރަފް ވެގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުލި ދައްކަމުން ގޮސް މިލްކުވާ މޮޑެލްއެއް ފުޅާދާއިރާއެއްގައި ތަޢާރަފް ވެގެންދާނެ ކަމަށާއި މީގެ ސަބަބުން ކުރިން އެޑްވާންސްއަށް ދައްކަންޖެހޭ ބޮޑެތި ފައިސާގެ އަދަދު ދެއްކުމުގެ ބުރަ ކުޑަވެ، އަތްފޯރާފަށުގައި އަމިއްލަ ގެދޮރު މިލްކު ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން ޝަރީފް ވަނީ، ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވާ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އަދި އެއްބަސްވެފައިވާ ފެންވަރަށް، ކަނޑައެޅިފައިވާ މުއްދަތަށް މި މަޝްރޫޢުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ބޯހިޔާވަހިކަން ފަސޭހައިން ލިބޭނެ މަގުފަހިކުރުމަށްޓަކައި ބީއެމްއެލްއިން ވަނީ، ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެޕާޓްމަންޓެއް ގަތުމާއި ގެއެއް އެޅުމަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު 20 އިންސައްތައިން 5 އިންސައްތައަށް ދަށްކޮށްފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

300 ހައުސިން ޔުނިޓަކީ ވިލިމާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ރައީސް ދެއްވި ހައްލެއް: ވަޒީރު މުއްޠަލިބުޚަބަރު | 2 ގަޑިއިރު ކުރިންވިލިމާލޭ 300 ހައުސިން ޔުނިޓުގެ މަޝްރޫއަކީ ނަތީޖާ ނެރެވޭނެ ކަމަކަށް ހަދެދުމަށް ސަރުކާރުން މަސައްކަތްކުރޭ: ބީއެމްއެލްޚަބަރު | 2 ގަޑިއިރު ކުރިންބީއެމްއެލްއިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޢީދު ސައި ބާއްވައިފިޚަބަރު | 7 ދުވަސް ކުރިންކާޑު ލިމިޓްތަކަށް ގެނައި ހެޔޮ ބަދަލުގެ އަސަރު މުއާމަލާތްތަކުގެ ތަފާސްހިސާބުން ހާމަވޭ: ބީއެމްއެލް ސީއީއޯ ޝަރީފްވިޔަފާރި | 15 ދުވަސް ކުރިން