logo
Bank of Maldives

Bank of Maldives

ޚަބަރު

300 ހައުސިން ޔުނިޓަކީ ވިލިމާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ރައީސް ދެއްވި ހައްލެއް: ވަޒީރު މުއްޠަލިބު

ޒިދާން މުޙައްމަދު
27 މާރިޗު 2026 - 03:56
 އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު

ގައުމީ ބޭންކު - ބީއެމްއެލްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓަކީ، ވިލިމާލޭގައި ދިރިއުޅޭ އާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ރައީސުލްޖުމްހޫރިއްޔާ ގެނެސްދެއްވި މުހިންމު ހައްލެއް ކަމަށާއި މި ބަދަލާއެކު އެތައް ޖީލަކަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުޞަތު ހުޅުވިފައިވާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، ބީއެމްއެލްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓަކީ، ވިލިމާލޭގައި ދިރިއުޅޭ އާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ރައީސުލްޖުމްހޫރިއްޔާ ގެނެސްދެއްވި މުހިންމު ބޮޑު ބަދަލެއް ކަމަށެވެ. އަދި މި ބަދަލާއެކު އެތައް ޖީލަކަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުޞަތު ހުޅުވިފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުންނަށް ޚާއްޞަ ކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށް ނިންމަވާ، ވިލިމާލޭގެ ގޯތިތަކުގައި 10 ފަންގިފިލާއަށް އިމާރާތްކުރަން ހުއްދަ ދެއްވަން ނިންމެވުމާއެކު އެކަމަށް ފާޑުކީ ބަޔަކުވެސް ތިބި ކަމަށެވެ.

ނަމަވެސް އެކަން އެގޮތަށް ނިންމެވީ، ވިލިމާލޭގައި އިތުރުވަމުން އަންނަ އާބާދީއަށް ބަލައި، ކުރިއަށް އޮތް ޖީލުތަކަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރައްވަނީ، ވިލިމާލެއަކީވެސް މާލެއާއި ހުޅުމާލެއާއި އެއްހަމަވެފައިވާ ތަނަކަށް ހެދުމަށް ކަމަށެވެ.

ވިލިމާލޭގައި ތަރައްޤީ ކުރާ 300 ހައުސިން ޔުނިޓު އެޅުމަށް ޙަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 17 ފަންގިފިލާގެ 3 ޓަވަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

300 ހައުސިން ޔުނިޓަކީ ވިލިމާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ރައީސް ދެއްވި ހައްލެއް: ވަޒީރު މުއްޠަލިބުޚަބަރު | 2 ގަޑިއިރު ކުރިންވިލިމާލޭ 300 ހައުސިން ޔުނިޓުގެ މަޝްރޫއަކީ ނަތީޖާ ނެރެވޭނެ ކަމަކަށް ހަދެދުމަށް ސަރުކާރުން މަސައްކަތްކުރޭ: ބީއެމްއެލްޚަބަރު | 2 ގަޑިއިރު ކުރިންބީއެމްއެލްއިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޢީދު ސައި ބާއްވައިފިޚަބަރު | 7 ދުވަސް ކުރިންކާޑު ލިމިޓްތަކަށް ގެނައި ހެޔޮ ބަދަލުގެ އަސަރު މުއާމަލާތްތަކުގެ ތަފާސްހިސާބުން ހާމަވޭ: ބީއެމްއެލް ސީއީއޯ ޝަރީފްވިޔަފާރި | 15 ދުވަސް ކުރިން