logo
Bank of Maldives

Bank of Maldives

ދުނިޔެ

ޤަޠަރުގެ ސަލާމަތީ ނުރައްކާ ބޮޑުވެ، މުޅި ޤައުމަށް ކުއްލި އިންޒާރު ނެރެފި

މުހައްމަދު މޫސާމުހައްމަދު މޫސާ
27 މާރިޗު 2026 - 11:06
ގަތަރު
ގަތަރު

ޤަޠަރުގެ ސަލާމަތީ ނުރައްކަލުގެ މިންވަރު އިންތިހާއަށް މަތިވުމާ ގުޅިގެން، މުޅި ޤައުމަށް ކުއްލި ނުރައްކަލުގެ އެލާޓް ނެރެ، ކޮންމެ މީހަކުވެސް އެމީހެއްގެ ގޭގައި ނުވަތަ ރައްކާތެރި ތަނެއްގައި މަޑުކުރުމަށް އެ ޤައުމުގެ ސަރުކާރުން އަންގައިފިއެވެ.

ގަތަރުގެ ހާލަތު މި މިންވަރަށް ދިޔައީ އީރާނުގެ އިންފްރާ ސްޓަކްޗަރ ހިމެނޭހެން މުހިންމު އަމާޒުތަކަކަށް އިސްރާއީލާއި އެމެރިކާއިން މިއަދު ހަމަލާދިނުމުން ލިބުނު ގެއްލުމުގެ ބަދަލުގައި އެމެރިކާއި އިސްރާއީލުގެ ބޭސްތަކަށާއި، ގުޅުން އޮތް ތަންތަނަށް ހަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދިނުމުންނެވެ. ގަތަރަކީ އެމެރިކާގެ އަސްކަރީ މުހިންމު މަރުކަޒެއް ހުންނަ ގައުމެކެވެ. އެތަން އީރާނުގެ ހަމަލާތަކުގައި ވަރަށް ބޮޑަަށް ގެއްލުން ވެފައިވުމާއެކު، އެމެރިކާ ސިފައިން މިވަގުތު ގަތަރުގެ ބައެއް ހޮޓާ ތަކުގައި ތިބިކަމަށް އީރާނުން ވަނީ ބުނެފައެވެ. އަދި ދުޝްމިނު ސިފައިންނަށް ހިމާޔަތް ދޭ ތަންތަނަކީ ވެސް ހަމަލާ އަމާޒުކުރެވޭނެ ތަންތަން ކަމަށް އީރާނުން ކުރިންސުރެ ވަނީ ކަނޑައަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުކުރު ދުވަހުގެ ހެނދުނު 11:15 ހާއިރު، މިނިސްޓްރީ އޮފް އިންޓީރިއަރ (އެމް.އޯ.އައި) އިން ވަނީ ޤައުމީ އެލާޓް ސިސްޓަމް މެދުވެރިކޮށް ޤަޠަރުގައި ތިބި ހުރިހާ އެންމެންގެ މޮބައިލް ފޯނުތަކަށް ހައި-ޕްރިއޮރިޓީ ނޮޓިފިކޭޝަނެއް ފޮނުވާފައެވެ. މިއީ ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން އެ ޤައުމުގެ ދާޚިލީ ސަލާމަތާ ގުޅޭގޮތުން ނެރުނު އެންމެ ވަރުގަދަ އިންޒާރެވެ.

ޢަރަބި ބަހުންނާއި އިނގިރޭސި ބަހުން ފޮނުވި މި މެސެޖުގައި ބުނެފައިވަނީ, ސަލާމަތީ ނުރައްކަލުގެ މިންވަރު ވަނީ މަތިވެފައިވާ ކަމަށެވެ. އެހެންވެ، ނުރައްކާ ފިލައިގެންދަންދެން، ކޮންމެ މީހަކުވެސް އެމީހެއްގެ ގޭގައި ނުވަތަ ރައްކާތެރި ތަނެއްގައި މަޑުކުރުމަށާއި، އިންތިހާއަށް މަޖުބޫރު ޙާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށް އަންގާކަމަށް އެ މެސެޖުގައި ބުނެފަވެއެވެ.

މި އެލާޓާ ގުޅިގެން އާންމުންނަށް ވަނީ ރައްކާތެރިކަމުގެ ހަރުކަށި އިރުޝާދުތަކެއް ދީފައެވެ. އޭގެ ތެރޭގައި، ތިބި ތަނެއްގައި މަޑުކުރުމަށާއި، އިމާރާތްތަކުގެ އެންމެ ވަރުގަދަ ބައިތައް ކަމަށްވާ ރައްކާތެރި ކޮޓަރިތަކަށް ނުވަތަ ބޭސްމަންޓަށް ބަދަލުވުން ހިމެނެއެވެ. އަދި މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލުމުން ފައިބާ ބައިތަކުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި، ކުޑަދޮރުތަކާއި ބިއްލޫރި ޖަހާފައިވާ ތަންތަނާ ދުރުގައި ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ސިވިލް ޑިފެންސް އަދި އެމްބިއުލަންސް ޚިދުމަތްތަކަށް ހުރަސް ނޭޅޭނެހެން، ޙާދިސާ ހިނގާ ސަރަޙައްދުތަކަށް ނުދިއުމަށާއި، ޙަމަލާ އަމާޒުވާ ސަރަޙައްދުތަކާ ކައިރިނުވުމަށްވެސް ވަނީ އަންގާފައެވެ. ސަރުކާރުން ވަނީ ކަށަވަރުނުކުރެވޭ މަޢުލޫމާތާއި ވީޑިއޯ ފެތުރުމުން ދުރުހެލިވެ، އެމް.އޯ.އައި ޤަޠަރުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ލިބޭ މަޢުލޫމާތަށް ބަރޯސާވުމަށް އެދިފައެވެ.

މި އިންޒާރާއެކު މުޅި ޤަޠަރުގެ މަގުތައް ވަނީ ހުސްވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އެންމެ މަތީ ދަރަޖައަށް ވަރުގަދަކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤަޠަރުގެ ސަލާމަތީ ނުރައްކާ ބޮޑުވެ، މުޅި ޤައުމަށް ކުއްލި އިންޒާރު ނެރެފިދުނިޔެ | 2 ގަޑިއިރު ކުރިން''އީރާނާ ދެކޮޅަށް ޓްރަމްޕަށް ބާކީ ހުރި ގިނަ އިޚްތިޔާރުތަކަކީ، ކާމިޔާބުވުމުގެ ފުރުސަތު ކުޑަ، ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަންކަން''ދުނިޔެ | 3 ގަޑިއިރު ކުރިންހަނގުރާމައިން އިސްރާއީލު ބަލިވަމުންދާކަމަށް ކުރީގެ ބޮޑުވަޒީރު އެއްބަސްވެވަޑައިގެންފިދުނިޔެ | 11 ގަޑިއިރު ކުރިންއީރާނުގެ އަސްކަރީ ގާބިލުކަން އެއްކޮށް ނައްތާނުލުމަކީ ކުރެވޭވަރުގެ ކަމެއްނޫން: އިސްރާއީލުގެ އަސްކަރިއްޔާދުނިޔެ | 11 ގަޑިއިރު ކުރިން