logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސާބިއާ ފަސޭހަކަމާއެކު ބަލިކޮށް ސްޕެއިނުން ވޯލްޑްކަޕްގައި ބައިވެރިވާ އެހެން ޓީމުތަކަށް ވަރުގަދަ މެސެޖެއެް

އަބްދުﷲ ޣާނިމް
28 މާރިޗު 2026 - 04:12
ސާބިއާ ފަސޭހަކަމާއެކު ބަލިކޮށް ސްޕެއިނުން ވޯލްޑްކަޕްގައި ބައިވެރިވާ އެހެން ޓީމުތަކަށް ވަރުގަދަ މެސެޖެއެް

ވޯލްޑް ކަޕް އޮންނަ އަހަރު ސްޕެއިންގެ މިކޭލް އޮޔަރްޒަބަލް އޭނާގެ މޮޅު ކުޅުން ކުރިއަށް ގެންގޮސް، ސާބިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ދެ ލަނޑު ޖަހައި 3-0 އިން ސްޕެއިން މޮޅުކޮށްދީފިއެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ކޮލިފައިންގައި ހަ ލަނޑު ޖަހާފައިވާ އޮޔަރްޒަބަލް، ހުކުރު ދުވަހުގެ މެޗުގައި ވަނީ އޭނާގެ ފެންވަރު އަނެއްކާވެސް ސާބިތުކޮށްދީފައެވެ. ވިޔަރެއާލްގައި ކުޅުނު މި މެޗުގައި ސްޕެއިންގެ ތިންވަނަ ލަނޑު ޖަހައިދިނީ އަލަށް ގައުމީ ޓީމަށް ކުޅުނު ވިކްޓަރ މުނޯޒްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 15 ވަނަ މިނެޓުގައި ސްޕެއިންގެ ރީތި ކުޅުމަކަށްފަހު އޮޔަރްޒަބަލް ވަނީ އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ލަމީން ޔަމާލް ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހުނުއިރު، ފާމިން ލޮޕޭޒް ޖެހި ލަނޑެއް ވަނީ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ގަބޫލުނުކުރަން ނިންމާފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، އޮޔަރްޒަބަލް ވަނީ 25 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ސްޕެއިންގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސާބިއާގެ ވެލްކޯ ބިރްމަންސެވިޗް ލަނޑެއް ޖެހި ނަމަވެސް، މާކް ކުކުރެއްލާއަށް ފައުލް ކުރިކަމަށް ނިންމައި އެ ލަނޑު ބަލައެއް ނުގަނެއެވެ. ސްޕެއިންގެ ފަހު ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އޮޔަރްޒަބަލްގެ ބަދަލުގައި ކުޅެން އެރި މުނޯޒްއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލްގެ މޮޅުކުޅުމާއެކު ފަސޭހަކާމާއެކު ސަޢޫދީ ބަލިކޮށް ސްޕޭން ވޯލްޑްކަޕްގެ ފުރަތަމަ މޮޅުހޯދައިފިކުޅިވަރު | 25 ދުވަސް ކުރިންވޯލްޑްކަޕް ތާރީޚުގައި ކުޅުނު އެންމެ ކުޑަ އެއް ޤައުމާއި ދެކޮޅަށް ޔޫރަޕުގެ ޗެންޕިއަން އެއްވަރުވެއްޖެކުޅިވަރު | މަހެއް ކުރިންސަލާޙު ނެތި 10 ކުޅުންތެރިންނާދެކޮޅަށް އަމިއްލަ ޤައުމުގައި ސްޕެއިން އިޖިޕްޓް އާއި އެއްވަރުވެއްޖެކުޅިވަރު | 4 މަސް ކުރިންސްޕެއިންގެ ފުރަތަމަ 11 އިން ބާސާގެ ކުޅުންތެރިންނަށް ޖާގަ ދިނުމަށްއެދި އަނެއްކާވެސް ބާސާގެ ސަޕޯޓަރުން ޕްރެޝަރުކުރަން ފަށައިފިކުޅިވަރު | 4 މަސް ކުރިން