logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ބުރިޖު ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

އިސްމާޢިލް ރާތިޢު
28 މާރިޗު 2026 - 04:20
ބުރިޖު ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

ސިނަމާލެ ބުރިޖުގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތާއި ގުޅިގެން ފުލުހުން އެ ސަރަހައްދު ބަލައި ފާސްކޮށްފިއެވެ.

މިކަމާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނިގޮތުގައި، އެ ސަރަޙައްދު ބެލި ބެލުމުން ބައެއް ފަރާތްތަކުން އެތަން ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އެތަނުގައި އުޅެނީ ބިދޭސީން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެއެވެ. އަދި މިކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އެ ސަރަޙައްދަކީ އާންމުކޮށް މީހުން ދިރިއުޅުމަށް ކަނޑައެޅިފައިވާ ތަނަކަށް ނުވާތީ، އެކަން ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިފަދަ މައްސަލަތަކުގައި އިޖުތިމާޢީ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތައް ހިމެނިދާނެތީ، އެފަރާތްތަކުގެ ރައްކާތެރިކަމާއި މަސްލަހަތު ޙިމާޔަތް ކުރުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްވެސް ދަނީ ކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ. މިއީ ހަމައެކަނި ޤާނޫނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

މިފަދަ ކަންކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީހަކު ރަހީނުކުރި މައްސަލައެއްގައި ބިދޭސީންތަކެއް ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންބުރިޖު ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީޚަބަރު | 3 ގަޑިއިރު ކުރިންފޮޓޯއާއި ވީޑިއޯ ބޭނުންކޮށްގެން ބިރުދެއްކުމުގެ މައްސަލަތައް އިތުރުވެއްޖެޚަބަރު | 21 ގަޑިއިރު ކުރިންޕޮލިސް ކޮމިޝަނަރުގެ މަޤާމަށް 3 ބޭފުޅަކު ކުރިމަތިލައްވައިފިޚަބަރު | 2 ދުވަސް ކުރިން