logo
Bank of Maldives

Bank of Maldives

ޚަބަރު

ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް 3 ބޭފުޅަކު ކުރިމަތިލައްވައިފި

އިސްމާޢިލް ރާތިޢު
26 މާރިޗު 2026 - 12:03
ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް 3 ބޭފުޅަކު ކުރިމަތިލައްވައިފި

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.

އެ މަގާމަށް ކުރިމަތިލާން މި މަހުގެ ފަސް ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ. އެހެންކަމުން އެކަމަށް އަލުން ހުޅުވާލި ފުރުޞަތުގެ ސުންގަޑި މިއަދަށް ވަނީ ހަމަވެފައެވެ. މުއްދަތު ހަމަވިއިރު އެ މަޤާމަށް ތިން ބޭފުޅަކު ކުރިމަރިލައްވާފައިވެއެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު އަދި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފްއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެންމެފަހުން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހު ރިޓަޔަރކުރެއްވުމުންނެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ރިޓަޔަރކުރެއްވުމާޢި ގުޅިގެން އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް 3 ބޭފުޅަކު ކުރިމަތިލައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންހިޔާރޯދީގައި ރޯކޮށްލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ދުވަސް ކުރިންއައްޑޫގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި ހަތަރު މީހަކަށް އަނިޔާވެއްޖެޚަބަރު | 4 ދުވަސް ކުރިންރިސޯޓެއްގެ ޕޫލަށް ވެއްޓި ކުއްޖަކު ގެނބިގެން މަރުވި މައްސަލައެއް ބަލަނީޚަބަރު | 5 ދުވަސް ކުރިން