އަތޮޅުތަކަށް ވޯޓުފޮށިތައް ފޮނުވަން ފަށައިފި
28 މާރިޗު 2026 - 04:49

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ކަނޑުމަގުންނާއި ވައިގެމަގުން އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މައުލޫމާތުދެއެވެ.
ވޯޓުލާ މަރުކަޒު ތަކުގައި ހަރަކާތެރިވާ ހުރިހާ އޮފިޝަލުންނަށް ބޭނުންވާ ހުރިޙާ ތަކެއްޗާއި ވޯޓުފޮށިތަކުގެ އިތުރުން ވޯޓު ކަރުދާސްވެސް މި ތަކެތީގެ ތެރޭގައި ހިމެނޭއެވެ.
އިލެކްޝަނުން ބުނީ، މިއަދު ވައިގެމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ، ރ، ތ، ލ، ގއ، ގދ، ސ. އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. އަދި ކަނޑުމަގުން ތަކެތި ފޮނުވާނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ. އަތޮޅަށެވެ.
މި އަތޮޅުތަކަށް އެކި ބެޗު ބެޗަށް ބަހާލައިގެން މި މަސައްކަތް ކުރިޔަށް ގެންގޮސް މި މަސައްކަތް މިރޭ ނިންމާލެވޭނެ ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ. އަދި ކ. އަތޮޅުގެ ރަށްރަށަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އަދި 31 ގައި ކަމަށް އެކޮމިޝަނުގެ ބުނެއެވެ.

Ad by Hajj Corporation
ކުރިއަށްއޮތް އިންތިޚާބުގައި އަތޮޅުތަކުގައި ވޯޓުލުމަށް 347 މަރުކަޒެއް ހުންނާނެއެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ މަސައްކަތަށް ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކުގައެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވެއެވެ.
ވޯޓުލުމުގެ ޙައްގު ލިބޭ މީހުން އެ މީހަކު ރަޖިސްޓްރީވެފައިވާ ވޯޓު ފޮށީގެ މައުލޫމާތު ކުރިއާލައި ބެލުމަށްފަހު ވޯޓުލުމުގެ ޙައްގު އަދާކުރުމަށް އީސީން އިލްތިމާސްކޮށްފައި ވެއެވެ. ވޯޓުލާންޖެހޭ ފޮއްޓާއި މަރުކަޒު، VR (space) ID card number ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްގެން، އަދި އީސީގެ މައީ ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެއެވެ.

.jpg&w=3840&q=75)
