ގިރާވަރު ފަޅަކީ ރާއްޖޭގައި މިހާތަނަށް ހިއްކާ އެންމެ ފުން ތަން:އެމްއޭސީއެލްގެ އެމްޑީ ޝަރީފް
28 މާރިޗު 2026 - 12:47

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުއަކީ މިހާތަނަށް ރާއްޖޭގައި ހިއްކާ އެންމެ ފުން ތަން ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީއަށް ދެއްވި އިންޓަރވިއު އެއްގައި އެމްޑީ ޝަރީފް ވިދާޅުވީ،ގިރާވަރު ފަޅުގެ ބައެއް ތަންތަނުގެ ފުންމިނުގައި ގާތްގަނޑަކަށް 25 މީޓަރު އެބަހުރި ކަމަށާއި،މިހާތަނަށް އެ ތަންތަނަށް ވެލި އަޅާ 15 މީޓަރު ހިއްކާފައި ވާނެ ކަމަށެވެ.

Ad by Hajj Corporation
"ގިރާވަރު ފަޅުގެ ބައެއް ތަންތަނުގެ ފުންމިނުގައި ގާތްގަނޑަކަށް 25 މީޓަރު އެބަހުރި.އަޅުގަނޑުމެން މިހާރު އެ ފުންތަންތަން ވެލި އަޅައިގެން 15 މީޓަރު ހިއްކާފައި ވާނެ އެކްމްަކު އަދިވެސް ފެންނަނީ ފެނުއަޑިގައި އޮތްތަން.އެއީ ގާތްތަނޑަކްށް 5.3 މިލިއަން ސީބީއެމްގެ ވެލި އެހުރީ އެތަނަށް އެޅިފަ." އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު
މީގެއިތުރުން، ކުރިއަށް އޮތް 2 ނުވަތަ 3 ހަފްތާ ތެރޭގައި ބާކީ އިތް 10 މީޓަރު ހިއްކާ ފެނުން މައްޗަށް އަރާތަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް އެމްޑީ ޝަރީފް ވިދާޅުވިއެވެ.އަދި އަންނަ މަހުގެ ތެރޭގައި ގިރާވަރު ފަޅު ހިއްކުމުގެ މަޝަްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އެމްޑީ ޝަރީފް އިތުރަށް ވިދާޅުވީ،މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގިރާވަރު ފަޅުން ހުރީ ޕްލޭނެއް ހަދާ ގޯތިތަކެއް ދީފައިކަމުން، މި ސަރުކާރުން ބޭނުންފުޅު ވީ ކުރީ ސަރުކާރުން ބަޔަކަށް ދީފައިވާ ޔަޤީންކަން ދަމަހައްޓަވަން ކަމަށްށެވެ. އެހެންކަމުން މިހާ ފުންތަނެއް ހިއްކުމުގެ ބޭނުމަކީ، ގިރާވަރު ފަޅުން ގޯތި ބޭނުންވާ އެންމެނަށް ގޯތި ލިބޭގޮތް ހެދުމަށް ކަމަށް އެމްޑީ ޝަރީފް ވިދާޅުވިއެވެ.
މި މަޝްރޫއު ހިއްކާ އެއްކޮށް ނިމުމުން، ހައުސިން މިނިސްޓްރީ އަދި ޕްލޭނިންގް މިނިސްޓްރީ ގުޅިގެން ކަޑަ ޖެހުމުގެ މަސްކަތް ފައްޓާނެ ކަމަށާއި،އަދި އެބަޔަކަށް ލިބުނު ގޯއްޗެއްގެ ވަށާފާރު ރޭނުމުގެ މަސައްކަތް ވެސް ކުރިއަށް ގެންްދެވޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އެހެންކަމުންގިރާވަރު ފަޅު ހިއްކާ ނިމުމުން، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެސް ވަރެއްގެ ހައްލެއް ވަރަށް އަވަހަށް ލިބިގެންދާނެކަމަށް ޤަބޫލުކުރެވޭ ކަމަށް އެމްޑީ ޝަރީފް ފާހަގަކުރެއްވިއެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވާފައެވެ.
މި މަޝްރޫއު ކުރިއަށްދާ ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދު الله މުއްތަލިބާއި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޝަރީފް މުޙައްމަދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނެވެ.

.jpg&w=3840&q=75)
