logo
MPL

MPL

ޚަބަރު

ގިރާވަރުފަޅު ހިއްކުމުގެ ބޮޑުބައި ނިމިއްޖެ، 115 ހެކްޓަރު ހިއްކައި މަޝްރޫއުގެ 68 ޕަސެންޓް ފުރިހަމަކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ނޮވެމްބަރު 2026 - 19:22
ގިރާވަރުފަޅުން 115 ހެކްޓަރު ހިއްކައި މަޝްރޫއުގެ 68 ޕަސެންޓް ފުރިހަމަކޮށްފި

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށާއި، އެއީ މުޅި މަޝްރޫއުގެ 68.8 އިންސައްތަ މަސައްކަތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ އެ ފަޅުން ޖުމުލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެމްއޭސީއެލްއިން ކުރިއަށްގެންދަނީ ނުނިމި އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ ސަރުކާރު ނިމުނުއިރު އެ ފަޅުން ހިއްކިފައި އޮތީ އެންމެ 70 ހެކްޓަރުގެ ބިމެވެ. އޭގެފަހުން އެމްއޭސީއެލްއިން މި އަހަރުގެ ފެބުރުއަރީ މަހު މަސައްކަތް އަލުން ފެށީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެންނެވެ. އެ ކުންފުނިން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބޮސްކާލިސް ކުންފުންޏާ ގުޅިގެންނެވެ. މި މަސައްކަތުގައި ބޭނުންކުރަމުން ދަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއީން އޮފް ނެދަލޭންޑްސް" އެވެ.

އެމްއޭސީއެލުން ފާހަގަކުރި ގޮތުގައި ގިރާވަރުފަޅުގެ ބައެއް ސަރަހައްދުތަކަކީ ވަރަށް ފުން ސަރަހައްދުތަކަކަށް ވާތީ ބިން ހިއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އެހެންނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް މުޅި މަޝްރޫއުގެ މަސައްކަތްތައް ދަނީ ވަރަށް ބާރު ދުވެލީގައި ކުރިއަށެވެ.

 

View post on Twitter

 

ގިރާވަރުފަޅަކީ ނިމިދިޔަ ސަރުކާރުގެ ދައުރުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ވައުދުވެ ފެށި މަޝްރޫއެކެވެ. ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވިފައި ނުވާއިރު، ގޯތި ދޫކުރީ ރަނގަޅު ލޭންޑް ޔޫސް ޕްލޭނެއް ނެތި ކަނޑުގައި ރޮނގު އަޅައިގެންނެވެ. މިއީ އެ މަޝްރޫއުން ގޯތި ލިބުނު ފަރާތްތަކުގެ ބޮޑު ކަންބޮޑުވުމަކަށް އޮތް ކަމެކެވެ. މި ސަރުކާރުން މި މަޝްރޫއު އަލުން ކުރިއަށްގެންދަނީ އިތުރުކުރި 113 ހެކްޓަރާއެކުގައެވެ.

ނިމިދިޔަ ސަރުކާރުން ގިރާވަރުފަޅުން 5،000 އަށްވުރެ ގިނަ މީހުންނަށް ގޯތި ދިނުމަށް ނިންމައި ލިބޭ ފަރާތްތައް ކަނޑައެޅި ނަމަވެސް، އެއްވެސް ގޯއްޗެއް ހަވާލުކޮށްފައެއް ނުވެއެވެ. އަދި ބޭނުންވާ ވަރަށް އެ ފަޅުގައި ބިން ނެތުމުގެ ސަބަބުން ވަކި އަދަދެއްގެ ގޯތި ވަނީ ގުޅިފަޅަށް ބަދަލުކޮށްފައެވެ. ސަރުކާރުން އެކުލަވާލި އާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ގިރާވަރުފަޅުން ދޫކުރަން ހަމަޖެހިފައިވަނީ 4،072 ގޯއްޗެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ ގޯތިތައް އޭގެ ހައްގުވެރިންނާ ހަވާލުކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގިރާވަރުފަޅުން 115 ހެކްޓަރު ހިއްކައި މަޝްރޫއުގެ 68 ޕަސެންޓް ފުރިހަމަކޮށްފިޚަބަރު | ގަޑިއިރެއް ކުރިންސަރުކާރުގެ ވިސްނުމަކީ،ބިންހިއްކާ ނިމުމުން ސަރވޭކޮށް ގޯތިތަށް ހަވާލުކުރުން: ވަޒީރު މުއްތަލިބްޚަބަރު | 7 މަސް ކުރިންގިރާވަރު ފަޅަކީ ރާއްޖޭގައި މިހާތަނަށް ހިއްކާ އެންމެ ފުން ތަން:އެމްއޭސީއެލްގެ އެމްޑީ ޝަރީފްޚަބަރު | 7 މަސް ކުރިންރައީސް، ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި ޚަބަރު | 7 މަސް ކުރިން