logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ސަރުކާރުގެ ވިސްނުމަކީ،ބިންހިއްކާ ނިމުމުން ސަރވޭކޮށް ގޯތިތަށް ހަވާލުކުރުން: ވަޒީރު މުއްތަލިބް

އައިޝަތު ނަޝާ
28 މާރިޗު 2026 - 13:41
ސަރުކާރުގެ ވިސްނުމަކީ،ބިންހިއްކާ ނިމުމުން ސަރވޭކޮށް ގޯތިތަށް ހަވާލުކުރުން: ވަޒީރު މުއްތަލިބް

މިވަގުތު ސަރުކާރުން އެންމެ އިސްކަމެއް ދެނީ ގިރާވަރުފަޅުން ގޯތި ދޭން ކަނޑައަޅާފައިވާ ފަރާތްތަކަށް އެއްބަސްވުމާއި އެއްގޮތަށް ވީހާވެސް އަވަހަށް ގޯތި ދިނުމަށް ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ ވީހާވެސް އަވަހަކަށް 3 ހަފްތާ ތެރޭ ބިން ހިއްކައި ނިމުމުން ސާވޭކޮށް ގޯތިތައް ހަވާލުކުރުން ކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު  ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިއަހަރު ޖަނަވަރީ މަހުގެ ފަހުކޮޅުއެވެ. މިމަސައްކަތް ބާރުމިނުގައި ކުރިއަށްދާއިރު މިމަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިރާވަރުފަޅަށް ވަނީ ވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގިރާވަރުފަޅުން ގޯތި ދިނުމަށް އެކަށީގެންވާ މިންވަރަށް ބިން ނެތުމާއެކު އިތުރަށް ބިން ހިއްކައި، ގޯތި ލިބިފައިވާ އެންމެނަށް ގިރާވަރުފަޅުން ބިން ލިބޭ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.އަދި ގިރާވަރުފަޅުން ގޯތި ދޭން ވެގެން ހާދާފައިވާ ލޭންޑް ޔޫޒް ޕްލޭނަކީ މީހުން ދިރިއުޅޭ އަރބަން ސިޓީއަކަށް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ނޫން ކަމަށާއި، އެޕްލޭނަށް ބަދަލު ގެނައި ނަމަވެސް އެއީ ސަރުކާރުން އެންމެ ބޭނުންވާ ގޮތަށް އޮތް ޕްލޭނެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ސަރުކާރުން އެންމެ އިސްކަމެއް ދިނީ ގިރާވަރުފަޅުން ގޯތި ދޭން ކަނޑައަޅާފައިވާ ފަރާތްތަކަށް އެއްބަސްވުމާއި އެއްގޮތަށް ވީހާވެސް އަވަހަށް ގޯތި ދިނުމަށް ކަމަށާއި، 3 ހަފްތާއެއް ދުވަހުގެ ތެރޭ ބިން ހިއްކައި ނިމުމުން ގޯތި ދޫކުރަން ފަށާނެ ކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

"ވީހާވެސް އަވަހަކަށް 3 ހަފްތާ ތެރޭ ބިން ހިއްކައި ނިމުނީމައި ސާވޭކޮށް ގޯތިތައް ހަވާލުކުރުން އެއީ ސަރުކާރުގެ ވިސްނުމަކީ، އެއާއި އެއްކޮށް މިތަނުގެ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގާ އަދި މަގު ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށޭތޯ މަސައްކަތް ކުރާނަން. އެހެންނަމަވެސް މިހާރު ފޯކަސް. އަކީ އެބަޔަކަށް ލިބޭ ގޯތި ކަޑަޖާފައި އެބަޔަކާއި ހަވާލުކުރުން، އަޅުގަނޑުމެން ހަމަ ބިން، ހިއްކައި ނިމޭއިރަށް ރަޖިސްޓްރީ މަސައްކަތް ފަށާނަން"ވަޒީރު ޑރ. މުއްޠަލިބު

ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބިން ހަވާލުކޮށް ނިމޭވަރަކުން ވަށާ ފާރު ރޭނުމާއި އެހެނިހެން ކަންކަމަށް ބިން ހުއްދަ ދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގިރާވަރު ފަޅުގެ ބިން ހިއްކަން ފެށިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ، މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ގިރާވަރު ފަޅުގެ ބިން ހިއްކުން އެއްފަހަރާ 2 ޑްރެޖަރާއެކު ކުރިޔަށްދާކަން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 35000 ކިއުބިކް މީޓަރުގެ ކުއީން އޮފް ދަ ނެދަލޭންޑްސް އަދި 22000 ކިއުބިކް މީޓަރުގެ އޮރެންޖް ނަމަކަށް ކިޔާ ޑްރެޖަރު ބޭނުންކޮށްގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ވިސްނުމަކީ،ބިންހިއްކާ ނިމުމުން ސަރވޭކޮށް ގޯތިތަށް ހަވާލުކުރުން: ވަޒީރު މުއްތަލިބްޚަބަރު | 2 ގަޑިއިރު ކުރިންގިރާވަރު ފަޅަކީ ރާއްޖޭގައި މިހާތަނަށް ހިއްކާ އެންމެ ފުން ތަން:އެމްއޭސީއެލްގެ އެމްޑީ ޝަރީފްޚަބަރު | 3 ގަޑިއިރު ކުރިންރައީސް، ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި ޚަބަރު | 3 ގަޑިއިރު ކުރިންމާލޭގެ ބޯހިޔާވަހިކަން "ކަރުދާސް ލޮނުގަނޑުން" ހިކިފަސް ބިމަށް!ރިޕޯޓް | ދުވަހެއް ކުރިން