އަންނަ ހަފްތާގައި ރޭސިން ޓްރެކް އަޅާ ބިން ހިއްކަނީ!
29 މާރިޗު 2026 - 05:22

ކުރިޔަށް އޮތް ހަފްތާގައި ރޭސިން ޓްރެކް އެޅުމަށް ހަމަޖެހިފައިވާ ބިން ހިއްކަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާނު ކުރެއްވީ، ސަންގުޓީވީން އިންތިޒާމުކޮށްގެން ބޭއްވިއެސްޕްރެސޯ ވިތު ރައީސް ހަރަކާތްތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ބުރިޖާއި ގުޅޭ ހައިވޭގެ ބޭރުން އެ ބިން ހިންކުމުގެ ޢަމަލީ މަސައްކަތް ފައްޓަވަން ނިންމަފާއިވާއިރު މިއީ ބައިނަލްއަޤުވާމީ ރޭސިން މުބާރާތްތައް ބޭއްވޭ ގޮތައް ތަރައްޤީކުރައްވާނެ ޓްރެކެއް ކަމަށެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ މިއީ ފައިސާ ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެމަސައްކަތް ކުރިޔަށް ގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢަކީ ޒުވާނުންނަށް ހާއްސަކޮށް ކުޅިވަރަށް ހަމަޖައްސައިދޭ ވަސީލަތެއް ކަމަށާއި، މިއީ އުފާވެރި ޕްރޮޖެކްޓަކަށް ވާނެ ކަމަށެވެ.
ހުޅުމާލެ ބުރިޖާއި ގުޅިގެން އޮންނަ ހުޅުމާލެއަށް އެރޭ ހައިވޭގެ ބޭރުން މި ޓްރެކް އެޅުމަށް ހަމަޖެހިފައިވާއިރު މިހާރު ޑްރިޕްޓިންގ ކޮމިއުނިޓީން އެކަން ކުރަނީ ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި އޮންނަ ބައެއް ބޮޑެތި މަގުތަކުގައެވެ. މިހާރު ޑްރިފްޓިން އާއި ރޭސިންގެ އިވެންޓުތައް ކުރިޔަށް ގެންދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. އަދި އައްޑޫ ސިޓީ ފަދަ ތާރުމަގުތައް ހަދާފައިވާ ބައެއް ރަށްރަށުގައެވެ.
އެކަމުގެ ސަބަބުން އާންމުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ދޭތެރެދޭ ތެރެއިން އެޗްޑީސީއަށްވެސް ހުށަހަޅައެވެ. އެހެންނަމަވެސް ރޭސިން އެސޯސިއޭޝަނާއި ޑްރިފްޓިން ކޮމިއުނިޓީން އެ ކުޅިވަރަށް ޚާއްސަ ވަސީލަތެއް ނެތުމުގެ ކަންބޮޑުވުން އެކި ސަރުކާރުތަކުގެ ކުޅިވަރު ވަޒީރުންނާއި ހިއްސާކުރައްވައިގެން މިހާތަނަށް އޮތީ ހައްލެއް ނުލިބިއެވެ.
ޒުވާނުންގެ މި ކަންބޮޑުވުމަށް އިޖާބަ ދެއްވާ ރައީސް ވަނީ މި ރޭސިން ޓްރެކްގެ މަސައްކަތް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައްޓަވާނެކަން މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައެވެ.

.jpg&w=3840&q=75)
