logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގައި 1100 އުޅަނދުގެ ޖާގައިގެ ޕާކިން ބިލްޑިންގ ބިންގާއަޅައިފި

މުޙައްމަދު އަފްރާޙް
29 މާރިޗު 2026 - 07:20
ހުޅުމާލޭގައި 1100 އުޅަނދުގެ ޖާގައިގެ ޕާކިން ބިލްޑިންގ ބިންގާއަޅައިފި

ހުޅުމާލޭގައި 1100 އުޅަނދުގެ ޖާގައިގެ ޕާކިން ބިލްޑިންގ ބިންގާއަޅައިފިއެވެ.

މިއީ ބޭސްމަންޓް ހިމެނޭހެން 13 ފަންގިފިލާގެ އިމާރާތެކެވެ. ހުޅުމާލޭ ފޭސް1ގައި ތަރައްޤީކުރާ މި ޕާކިންގ ބިލްޑިންގައި 2 ފުރޮޅު އަދި 4 ފުރޮޅުލީ އުޅަނދު ޕާކުކުރެވޭނެ ޖާގަ ހިމެނެއެވެ. އެގޮތުން 4 ފުރޮޅުލީ އުޅަނދަށް ޚާއްސަކޮށް 600އަށްވުރެ ގިނަ ޖާގައާއި 500އަށްވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ޖާގަ ވަނީ ހިމަނާފައެވެ. މި އިމާރާތަކީ ފުރިހަމަ، ޒަމާނީ ޕާކިން އިމާރާތެކެވެ.

މި އިމާރާތުގައި ޕާކިންގ ސްޕޭސް ތަރައްޤީކުރަނީ، އިމާރާތަށް އަރާ ފޭބުމަށް ރޭމްޕްގެ އިތުރުން، ވެހިކަލް އެލިވޭޓަރވެސް ހިމެނޭއިރު، އިމާރާތުގެ ޓްރެފިކް ފްލޯ ރަނގަޅަށް ބެލެހެއްޓޭނެ ގޮތަށް ހަމަޖެއްސުމަށް ނިންމާފައި ވެއެވެ.

މީގެިއތުރުން އުޅަނދުތަކަށް ބޭނުންވާ ޚިދުމަތްތައް ލިބޭނެ އަދި ވިޔަފާރި އައުޓްލެޓްތަކާއި އިލެކްޓްރިކް އުޅަނދު ޗާޖިންގ ފެސިލިޓީއަކާއި ކުޅިވަރު ފެސިލިޓީތަކެއް މި އިމާރާތުގައި ހިމެނުމަށް ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލެ ސަރަޙައްދުގައި 7 ޕާކިންގ ބިލްޑިން އެޅުމުގެ މަސައްކަތް ފެށުމަަށް ވަނީ ތައްޔާރުވެފައެވެ. ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެފައިވަނީ މާލެ ސަރަޙައްދުގައި ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ވަރަށް އަވަހަށް މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ވަޒީރު ވިދާޅުވީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެގުމާއެކު ޕާކިންގެ ގޮންޖެހުންތައް ހައްލުކޮށް، ތޮއްޖެހުމާއި ގަވާއިދާ ޚިލާފަށް މަގުމަތީގައި ޕާކުކުރުން މަދުކޮށް، މަގުމަތީގެ ރައްކާތެރިކަން އިތުރުކުރެވޭނެ ކަމެއްކަމަށެވެ.

ޕާކިން ބިލްޑިންތަކުގެ ތެރެއިން 2 ބިލްޑިން މާލޭގައި ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގައިވެސް ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ވިދާޅުވީ ވިލިމާލޭގައި ޕާކިން ބިލްޑިންގ ތަރައްޤީކުރާނީ ބްރިޖުން ވިލިމާލެއަށް ފައިބާ ހިސާބުގައިކަމަށެވެ. އަދި ހުޅުމާލޭގައި ޕާކިން ބިލްޑިންގ ތަރައްޤީކުރާނީ ގިނަ ބަޔަކަށް ފަސޭހަ ވާނެ ސަރަޙައްދެއްގައިކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ޗެނަލް ޕާކަށް ތަފާތު މެހެމާނުންތަކެއް، ކޯމަސް އައިނެއްވަދެ މީހުން އާސޯޚްކޮށްލައިފިޚަބަރު | 9 ދުވަސް ކުރިންކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެންގުމަށް ސްޓެލްކޯ އިން އެދިއްޖެޚަބަރު | 17 ދުވަސް ކުރިންހުޅުމާލޭގެ ފޭސް 1 ގެ ވޯޓަރ ޕާކް ތެރޭގައި އަލިފާން ރޯވެއްޖެޚަބަރު | މަހެއް ކުރިންދެވަނަ ފިޔަވަހީގައި ގާއިމުކުރާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިން