logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ ޗެނަލް ޕާކަށް ތަފާތު މެހެމާނުންތަކެއް، ކޯމަސް ތަކެއް ވަދެ މީހުން އާސޯޚްކޮށްލައިފި

ކޯމަސްތައް ހުޅުމާލެ ޗެނަލް ޕާކުގައި، ފޮޓޯ: އެޗްޑީސީގެ ވީޑިއޯ
ކޯމަސްތައް ހުޅުމާލެ ޗެނަލް ޕާކުގައި، ފޮޓޯ: އެޗްޑީސީގެ ވީޑިއޯ

ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގެ މޫދަށް މިއަދު ކޯމަސްތަކެއް ވަދެ، އެ ސަރަހައްދުގައި ތިބި މީހުން އާސޯޚްކޮށްލައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މި ކޯމަސް އައިނުގައި ފަސް ކޯމަސް ހަރަކާތްތެރިވަމުން ދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަފާތު މަންޒަރު ބަލައިލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ހުޅުމާލެ ބަލަހައްޓާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ވަނީ މިކަން ފާހަގަކޮށް އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.

 

 

އާންމުގޮތެއްގައި ކޯމަސްތަކުގެ ހަރަކާތްތައް ބަލައިލަން ލިބެނީ، ކަނޑުގައި ކޯމަސް އާންމުކޮށް ފެންނަ ސަރަހައްދުތަކަށް ގޮސްގެންނެވެ. މިފަދަ ގޮތަކަށް ފަޅުތެރެއިންނާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ކައިރިން ކޯމަސްތައް ފެނުމަކީ މަދުން ނޫނީ ނުވާކަމެކެވެ. ހުޅުމާލޭ ޗެނަލް ސަރަހައްދަކީ ވަރަށް ގިނަ ބަޔަކު ހިތްހަމަޖައްސާލުމަށް ހެނދުނާއި ހަވީރު ގަޑީގައި އެއްވެ އުޅޭ މަގުބޫލު ސަރަހައްދެކެވެ.

 

 

ދުނިޔޭގައި ކޯމަހުގެ 40 އަށްވުރެ ގިނަ ބާވަތް އުޅޭކަމަށް ދިރާސާތަކުން ދައްކާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވެސް ގިނަ ބާވަތްތަކެއް ފެނެއެވެ. އޭގެ ތެރޭގައި އެންމެ އާންމުކޮށް ފެންނަނީ ސްޕިނާ ޑޯލްފިން އާއި ބޮޓްލްނޯސް ޑޯލްފިން ކަމަށް ދިރާސާތަކުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ގާނޫނުތަކުގައި އޮންނަ ގޮތުން ކޯމަހަކީ ހިމާޔަތްކުރެވިފައިވާ އެއްޗެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކޯމަސް ހިފުމާއި، އެއަށް އެއްވެސް ގޮތަކުން އަނިޔާކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ޗެނަލް ޕާކަށް ތަފާތު މެހެމާނުންތަކެއް، ކޯމަސް އައިނެއްވަދެ މީހުން އާސޯޚްކޮށްލައިފިޚަބަރު | 2 ގަޑިއިރު ކުރިންކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެންގުމަށް ސްޓެލްކޯ އިން އެދިއްޖެޚަބަރު | 9 ދުވަސް ކުރިންހުޅުމާލޭގެ ފޭސް 1 ގެ ވޯޓަރ ޕާކް ތެރޭގައި އަލިފާން ރޯވެއްޖެޚަބަރު | 21 ދުވަސް ކުރިންދެވަނަ ފިޔަވަހީގައި ގާއިމުކުރާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފިޚަބަރު | 21 ދުވަސް ކުރިން