logo
MPL

MPL

ޚަބަރު

އީގަލް ހިލްސްއިން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫޢުގެ ކުރެހުންތައް ދައްކާލައިފި

އަޙުމަދު ރަމީޒު
10 އޮކްޓޯބަރު 2026 - 07:28
ހުޅުމާލޭގެ އެއްކޮޅުގައި އީގަލް ހިލްސް އިން ތަރައްގީކުރާ މަޝްރޫއު
ހުޅުމާލޭގެ އެއްކޮޅުގައި އީގަލް ހިލްސް އިން ތަރައްގީކުރާ މަޝްރޫއު

އަބޫދާބީގެ އީގަލް ހިލްސް އިން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއުގެ ވީޑީއޯ ދައްކާލައިފި އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 5،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމާއެކު ކުރިއަށްގެންދާ މި މަޝްރޫއުގެ ކޮންސެޕްޓް ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

މިނިސްޓަރު މުއްތަލިބް ހިއްސާ ކުރެއްވި ވީޑިއޯގައި ރެސިޑެންޝަލް ޓަވަރުތަކާއި ވޯޓާފްރަންޓް ޓައުންހޯމްތައް ފެނެ އެވެ. މީގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަނާއި ކެފޭ، ރެސްޓޯރަންޓްތައްވެސް މި ވީޑީއޯއިން ފެނެ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަބޫދާބީގެ "އީގަލް ހިލްސް" އިން ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ކޮމާޝަލް ޓާމްސް އެގްރިމެންޓްގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބޭރުގެ އެންމެ ބޮޑު އިންވެސްޓްމަންޓެވެ.

ވޯޓާފްރަންޓް އަދި މެރީނާ ހިމެނޭ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލޭގަ އެވެ.

މި މަޝްރޫއުގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓްތައް އަދި މަތީ ފަންތީގެ ބްރޭންޑަޑް ރެޒިޑެންސީ ހިމެނެ އެވެ.


އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އީގަލް ހިލްސް އިން ވަނީ ލަފާކޮށްފަ އެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްގެ ގޮތުގައި ޖުމްލަ 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ވަންނާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ތެރެއިން 18 ބިލިއަން ޑޮލަރަކީ ސީދާ ރާއްޖެއަށް ލިބޭނެ އިންވެސްޓްމަންޓެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ބެލެވެ އެވެ. އަދި މި މަޝްރޫއު ފުރިހަމަވުމުން، އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުން އަހަރަކު ދެ ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީގަލް ހިލްސްއިން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫޢުގެ ކުރެހުންތައް ދައްކާލައިފިޚަބަރު | ގަޑިއިރެއް ކުރިންހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ %50 އިން ކުލި ނުދައްކާ: އެޗްޑީސީޚަބަރު | 3 ދުވަސް ކުރިން އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ރާއްޖެ ވަޑައިގަންނަވަނީޚަބަރު | 3 ދުވަސް ކުރިންރަސްމާލެ މަޝްރޫއު ތަރައްގީކުރާ މުއްދަތުގައި 11 ބިލިއަން ޑޮލަރު ލިބޭނެޚަބަރު | 10 ދުވަސް ކުރިން