logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސާ އަލީ ޖަލީލަށް ތާއީދު، ވޯޓު ހޯދައިދިނުމަށް މަސައްކަތްކުރާނަން: ޗަމްޕާ މުޙައްމަދު މޫސާ

މުޙައްމަދު އަފްރާޙް
29 މާރިޗު 2026 - 14:31
މޫސާ އަލީ ޖަލީލަށް ތާއީދު، ވޯޓު ހޯދައިދިނުމަށް މަސައްކަތްކުރާނަން: ޗަމްޕާ މުޙައްމަދު މޫސާ

މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލް ހޮވުމަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި އެންޑޯޒްކުރައްވައިފިއެވެ.

ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) މިކަން ހާމަކުރެއްވީ މޫސާ ޢަލީ ޖަލީލް، ޗަމްޕާގިރިއަށް ކުރެއްވި ޒިޔާރަތަށްފަހުއެވެ. މި ޒިޔާރަތުގަައި އުއްޗު ވަނީ މޫސާ ޖަލީލް އެންޑޯޒްކުރައްވާ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލް އިންތިޚާބު ކުރުމަށް ތާއީދުކުރައްވާކަމަށާއި ވޯޓް ހޯދަން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި އުއްޗު ދެއްކެވި ވާހަކަފުޅުގައި، މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ޤައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސާ ޢަލީ ޖަލީލްކަމަށް ވަނީ ވިދާޅުވެފަައެވެ. އަދި ވަކިން ޚާއްޞަކޮށް ސިފައިންގެ ޚިދުމަތުގައި ކެރުމާއި ހިތްވަރާއި ރީތި ނަމޫނާ ދައްކަވާފައިވާ މޫސާ ޢަލީ ޖަލީލް ފަދަ ބޭފުޅުންގެ ޚިދުމަތް މި ޤައުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޤައުމީ ޚިދުމަތުގައި އިތުބާރު ހިފެހެއްޓެވުމާއެކު މަސައްކަތް ކުރައްވާފައިވާ މޫސާ ޖަލީލް ފަދަ ބޭފުޅުން ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަން ދެއްވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މޫސާ ޢަލީ ޖަލީލް ވަނީ، މި ދަޢުވަތު ދެއްވިކަމަށްޓަކައި އަދި މި އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް އޭނާ ގެނައުމަށް ތާއީދުކުރެއްވިކަމަށްޓަކައި މުޙައްމަދު މޫސާ (އުއްޗު) އަށް ޝުކުރު އަދާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެދެނީ ރައްްޔިތުންނަށް އުފާ ފާގަތިކަން - ދެއްވި ފުރުސަތަށް ރައީސް އަށް ޝުކުރު!ޚަބަރު | 3 މަސް ކުރިން މޫސާ އަލީ ޖަލީލަށް ވޯޓް ދޭންވީ ކީއްވެ؟ ސާފު ޖަވާބެއް މިއޮތީ!ރިޕޯޓް | 3 މަސް ކުރިންމާލޭގެ ކޮންމެ އާއިލާއަކަށް ދެން އޮތީ އުފާވެރި ދުވަސްތަކެއް: މޫސާ ޖަލީލްޚަބަރު | 3 މަސް ކުރިންސަރުކާރާ ގުޅިގެން މުރާލިކަމާއެކު މަސައްކަތްކޮށް، މާލޭގެ ތަރައްޤީ އައު ހަރުފަތަކަށް ގެންގޮސްދޭނަން: ޖަލީލްޚަބަރު | 3 މަސް ކުރިން