logo
MPL

MPL

ޚަބަރު

މާލޭގެ ކޮންމެ އާއިލާއަކަށް ދެން އޮތީ އުފާވެރި ދުވަސްތަކެއް: މޫސާ ޖަލީލް

އައިޝަތު ނަޝާ
2 އޭޕްރީލު 2026 - 04:09
މާލޭގެ ކޮންމެ އާއިލާއަކަށް ދެން އޮތީ އުފާވެރި ދުވަސްތަކެއް:  މޫސާ ޖަލީލް

މާލެ ސިޓީގެ ކޮންމެ ރައްޔިތަކަށް ކޮންމެ އާއިލާއަކަށް ކޮންމެ ގޭބީސީއަކަށް ދެން ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.

ރޭ އޮތް ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަލީލް ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރުގެ ޒިންމާއަކީ ހަމައެކަނި މާލޭގެ ރައްޔިތުން ނޫންކަމަށާއި، މާލޭގެ ރައްޔިތުންނަށްޓަކާ މޭޔަރުގެ ވިސްނުމާ އަދި ހިދުމަތް ވަރަށް ބޮޑަށް ތަނަވަސް ކުރަންޖެހޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މާލެ ސިޓީއަށް ޒިޔާރަތްކުރާ ބޭރުގެ ފަރާތްތަކަށް މާލެއަކީ ނަމޫނާ ސިޓީއެއްގެ ގޮތުގައި ދެއްކުމަކީ މާލޭ ސިޓީގެ މޭޔަރު ސަމާލުކަން ދޭންޖެހޭނެ ކަމެއްކަމަށާއި، އެއީ ފަތުރުވެރިން ނުވަތަ ދަތުރުވެރިން ކަމުގައިވީނަމަވެސް އެމީހަކު މާލެއިން ފުރައިގެން ދާންވާނީ މާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނާމެދު ހިތްހަމަ ޖެހިގެން ކަމަށް ޖަލީލް ވިދާޅުވިއެވެ.

"ފަހަރެއްގައި ވެސް އަޅުގަނޑަކީ ކަންނުވެ ނަންވި މީހެއް ނޫން. އޭގެ ބަދަލުގައި އަބަދުވެސް އަޅުގަނޑަކީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އަމާން ކަމާއި ސަލާމަތަށްޓަކައި ކުރިއަށްދިޔަ އަމަލީ ޚިދުމަތްތެރިއެއް," މޫސާ އަލީ ޖަލީލް

މީގެ އިތުރުންވެސް މާލެގައި މިހާރުން މިހާރަށް ކުރަންޖެހޭ އެތަށް ކަމެއް އެބަހުރިކަން ފާހަގަކުރައްވާ ޖަލީލް އިތުރަށް ވިދާޅުވީ، ޒުވާނުން މުނިފޫހިފިލުވާނެ ފުރުސަތުތަށް އިތުރުކުރުމާއި، އެކިކަހަލަ ކުޅިވަރުތައް ކުޅުމަށް ފެސިލިޓީތަށް އިތުރުކުރުމާއި އަދި ޒުވާނުން ބޭނުންވަނީ ކޮންކަމެއްތޯ ބަލާ އަދި ޒުވާނުން ކަންކަމުގައި ބައިވެރިކުރަން ޖެހޭ ކަމަށެވެ.

އަދި ޖަލީލް ހުންނެވީ މާލެއާ މެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ބިޔަ ތަސައްވުރު ހަޤީޤަތަކަށް ހެއްދެވުމަށް ނުގުނޑާނެ ފަދަ ވަރުގަދަ އަޒުމެއްގައި ކަމަށާއި، މާލެ ސިޓީގެ ކޮންމެ ރައްޔިތަކަށް ކޮންމެ އާއިލާއަކަށް ކޮންމެ ގޭބީސީއަކަށް ދެން ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއްކަމަށް ވެސް ޖަލީލް ވިދާލުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލްޖީއޭ ބޯޑު އިންތިޚާބު: ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިޚަބަރު | 10 ދުވަސް ކުރިންނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފްޚަބަރު | 14 ދުވަސް ކުރިންޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 15 ދުވަސް ކުރިންޕީއެންސީގެ ކޮންގްރެސްއާ ޗެލެންޖުކުރަން އުޅެ އެމްޑީޕީން ހޭވީ ބޮޑު ހަޑިއެއްޚަބަރު | މަހެއް ކުރިން