logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރާ ގުޅިގެން މުރާލިކަމާއެކު މަސައްކަތްކޮށް، މާލޭގެ ތަރައްޤީ އައު ހަރުފަތަކަށް ގެންގޮސްދޭނަން: ޖަލީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
2 އޭޕްރީލު 2026 - 03:31
ސަރުކާރާ ގުޅިގެން މުރާލިކަމާއެކު މަސައްކަތްކޮށް، މާލޭގެ ތަރައްޤީ އައު ހަރުފަތަކަށް ގެންގޮސްދޭނަން: ޖަލީލް

މާލޭގެ މޭޔަރުކަމަށް އިންތިޚާބުކޮށްދީފިނަމަ ސަރުކާރާ ގުޅިގެން މުރާލިކަމާއެކު މަސައްކަތްކޮށް، މާލޭގެ ތަރައްޤީ އައު ހަރުފަތަކަށް ގެންގޮސްދެއްވާނެކަމުގެ ޔަގީންކަން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މާލެ ސިޓީގެ މޭޔަރު ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ރޭ ދެއްވައިފިއެވެ.

ރޭ އޮތް ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަލީލު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެއާ މެދު ގެންގުޅުއްވާ ބިޔަ ތަސައްވުރު ހަޤީޤަތަކަށް ހެއްދެވުމަށް ވަރުގަދަ އަޒުމެއްގައި ހުންނެވި ކަމަށެވެ. މޫސާ އަލީ ޖަލީލަކީ އަމަލީ ގޮތުން ކަންކަން ކުރައްވާނެ ބޭފުޅެއް ކަމަށާއި، މުޅި ހަޔާތްޕުޅު ހޭދަކުރެއްވީ ޤައުމީ ޚިދުމަތުގައި ކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި ޕާކިންގް ފަދަ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވާނެ ކަމަށް ޖަލީލް ވައުދުވެވަޑައިގަތެވެ. "އިރާދަކުރެއްވިޔާ މާލެ ސިޓީގެ ކޮންމެ ރައްޔިތަކަށް ކޮންމެ އާއިލާއަކަށް ކޮންމެ ގޭބީސީއަކަށް ދެން ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް. މިއީ އެވަގުތު," ޖަލީލް ވިދާޅުވިއެވެ.

މޫސާ އަލީ ޖަލީލް އިތުރަށް ވިދާޅުވީ އޭނާއަކީ ކުރެހުންތައް ޙަޤީޤަތަކަށް ބަދަލުކުރާނެ މީހެއް ކަމަށެވެ. ގްރޭޓާ މާލެ ސަރަހައްދަށް ރައީސްގެ ބޮޑު ތަސައްވުރެއް އޮތްކަން ފާހަގަ ކުރައްވާ މޫސަ ވިދާޅުވީ އޭނާ ވެވަޑައިގަންނަވާނީ އެކަންކަން ޙަޤީޤަތަކަށް ހެދުމަށް ސަރުކާރާއެކު މުރާލި ކަމާއި ހީވާގި ކަމާއެކު މަަސައްކަތް ކުރައްވާނެ މޭޔަރަކަށް ކަމަށެވެ.

 "ފަހަރެއްގައި ވެސް އަޅުގަނޑަކީ ކަންނުވެ ނަންވި މީހެއް ނޫން. އޭގެ ބަދަލުގައި އަބަދުވެސް އަޅުގަނޑަކީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އަމާން ކަމާއި ސަލާމަތަށްޓަކައި ކުރިއަށްދިޔަ އަމަލީ ޚިދުމަތްތެރިއެއް" ޚިދުމަތުގެ ދާއިރާއިން އޭނާގެ ތަޖުރިބާއަށް އަލިއަޅުވާލައްވަމުން ޖަލީލް ވިދާޅުވެފަވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނު މަޖިލީހުގެ ދައުވަތަކަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ 16 މެންބަރެއްގެ ވަފުދެއް އެ ގައުމަށް ފުރައިފިޚަބަރު | 3 ދުވަސް ކުރިންކޮންގްރެސްގެ ތެރެއިން ކެމްޕޭން ޓީމު އެކުލަވާލެވިއްޖެ: އަބްދުއްރަހީމްޚަބަރު | 4 ދުވަސް ކުރިންރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމްޚަބަރު | 6 ދުވަސް ކުރިންޕީއެންސީ ބައިބައިކުރަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ، 2028 ނަގާނީ އެއްބުރުން: ފަލާހުޚަބަރު | 6 ދުވަސް ކުރިން