logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނުން އިސްރާއީލުގެ ބީރުޝެބާގައި ހުންނަ ކެމިކަލް ފެކްޓްރީ ގޮއްވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
29 މާރިޗު 2026 - 18:29
އީރާނުން އިސްރާއީލުގެ ބީރުޝެބާގައި ހުންނަ  ކެމިކަލް ފެކްޓްރީ ގޮއްވާލައިފި

އާދީއްތަ ދުވަހު އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލެއް އިސްރާއީލުގެ ބީރުޝެބާގެ ދެކުނުން އޮންނަ ނިއޮޓް ހޯވޭވް އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އަދަމާ ކެމިކަލް ޕްލާންޓަށް ސީދާ އަމާޒުވެއްޖެއެވެ.

މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ ދެކުނުގެ ސަރަހައްދުތަކުގައި ބޮޑު ބިރުވެރިކަމެއް އުފެދިފައިވާއިރު، ފެކްޓްރީގެ ބޮޑު ބައެއް ވަނީ ގޮއްވާލާފައެވެ. އަދި މުޅި ސަރަހައްދުން ބޯ ދުން އަރަމުންދާތަން އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިސައިލް އެރުމާއެކު ދަނޑުވެރިކަމަށް ބޭނުންކުރާ ސޫފި މަރާ ބޭހާއި ވިނަ މަރާ ބޭސް ރައްކާކުރާ ގުދަަނެއްގައި ބޮޑު އަލިފާންގަނޑެއް ރޯވިއެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި "ބޮޑު އަލިފާން ބޯޅައެއް" ފެނުނު އިރު، އެތައް މޭލު ދުރަށް ފެންނަ ވަރަށް ކަޅު ދުންގަނޑެއް ވަނީ އަރާފައެވެ. ވިހަ ގޭސް ލީކުވުމުގެ ނުރައްކާ އޮތުމުން، ބީރުޝެބާގެ ރައްޔިތުން ގޭގައި މަޑުކުރުމަށާއި ކުޑަދޮރުތައް ބަންދުކުރުމަށް ހޯމް ފްރަންޓް ކޮމާންޑުން އެތައް ގަޑިއިރަކަށް އަމުރުކުރިއެވެ.

 

View post on Twitter

 

ނަމަވެސް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަނާއި ފަޔަރ ކޮމިޝަނަރ އީޔާލް ކަސްޕީ ވަނީ ރޭގަނޑު 7:30 ހާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، ވައިގެ ތެރެއަށް އެއްވެސް ނުރައްކާތެރި މާއްދާއެއް ލީކުވެފައި ނުވާކަމަށް ބުނެފައެވެ.

މި ހަމަލާގައި އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، މޭގަން ޑޭވިޑް އެޑަމް (އެމް.ޑީ.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 31 މީހަކަށް ވަނީ އެކި ފަރުވާ ދީފައެވެ. އޭގެ ތެރޭގައި ބިއްލޫރި ބުރައިގެން އަނިޔާވި 11 މީހަކާއި، ލިބުނު ސިހުމާއި ބިރުވެރިކަމުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކުރި 20 މީހަކު ހިމެނެއެވެ.

ބަރު ބެލިސްޓިކް މިސައިލުން އުފެދުނު ޝޮކްވޭވްގެ ސަބަބުން ބީރުޝެބާގެ ސިޓީގެ މަދުވެގެން 20 ތަނަކަށް ވަނީ ގެއްލުން ލިބިފައެވެ. ގިނަ ގޭގޭގެ ކުޑަދޮރުތައް ތަޅައިގެން ގޮސްފައިވާއިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއީ "ކްލަސްޓަރ" ވައްތަރުގެ ހަތިޔާރަކަށް ވުން އެކަށީގެންވެއެވެ. ގެއްލުންތައް އެހާ ބޮޑަށް ފެތުރިގެން ދިޔައީ އެ ސަބަބާ ހުރެ ކަމަށް މާހިރުން ލަފާކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ އެއްބަސްވުމާ މެދު 'ފަހުގެ ނިންމުން' ނިންމުމަށް ޓްރަމްޕް ބައްދަލުވުމެއް ބާއްވައިފިދުނިޔެ | 2 ދުވަސް ކުރިންއީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާތަކެއް ދީފިދުނިޔެ | 4 ދުވަސް ކުރިންހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އުސޫލީގޮތުން އެއްބަސްވުމަކަށް ވަނީ އައިސްފައި: ރިޕޯޓްދުނިޔެ | 7 ދުވަސް ކުރިން ހަނގުރާމަ ހުއްޓާލައި ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން އެއްބަސްވެއްޖެ: ރިޕޯޓްދުނިޔެ | 8 ދުވަސް ކުރިން