ކާރު އެކްސިޑެންޓް: އަނިޔާދިނުމާއި އެހީތެރިނުވުމުގެ ދައުވާ އުފުލައިފި
10 އޮކްޓޯބަރު 2024 - 15:08

މިދިޔަ ޖުލައި 31 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގައި ބާރު ސްޕީޑްގައި ދުއްވި ރޭސް ކާރެއް ކޮންޓްރޯލްނުވެ, ސައިކަލެއްގައި މަޑުކޮށްގެންއިން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލައާ ގުޅިގެން ކާރުގައި ތިބި ތިން މީހުންނަށް ދައުވާކޮށްފި އެވެ
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށް ދައުވާކޮށްފައިވަނީ:

Ad by Hajj Corporation
- އިބްރާހީމް އިކްރާމް, މއ. ލޭންޑްއޮފްގާޑްން
- އިކްރާމުއްރަހްމާން, ހ. ނޫރަންމާގެއާގެ
- ޖިނާހު އިސްމާއީލް, ގއ. ކަނޑުހުޅުދޫ, އާޒާދުގެ
އިކްރާމާއި އިކްރާމުއްރަހްމާގެ މައްޗަށް 6 ދައުވާއެއް ކޮށްފައިވާއިރު ޖިނާހުގެ މައްޗަށްކޮށްފައިވަނީ 4 ދައުވާއެކެވެ.
އެ މައްސަލައާ ގުޅިގެން އެ ތިން މީހުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. އެހެންނަމަވެސް ވަކީލަކު ނެތި ބަންދުގެ މުއްދަތު ޖެހިކަމަށް ބުނެ އިކްރާމް ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލައާ ގުޅިގެން އޭނާގެ ބަންދުގެ މުއްދަތު ޖެހީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމާ, އޭނާ ބަންދުން ދޫކޮށްލި އެވެ.
އެހެންނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން ދަނިކޮށް ފުލުހުން އިކްރާމް އަލުން ހައްޔަރުކުރި އެވެ.

-01.jpg&w=3840&q=75)
