ސަމާހުގެ މަރު: ކާރު ދުއްވި މުޙައްމަދު ވިސާމްގެ މައްޗަށް ދަޢުވާ ކުރަން ފޮނުވައިފި
22 އޮކްޓޯބަރު 2024 - 08:39

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒުވާނަކު މަރުވި މައްސަލައިގައި ކާރު ދުއްވަން އިން މީހާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލާގައި ދަޢުވާކުރަނީ ސ. ހިތަދޫ ވައިލެޓްފެހި އުމުރުން 26 އަހަރުގެ މުޙައްމަދު ވިސާމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ މި މަހުގެ 19ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

Ad by Hajj Corporation
މިދިޔަ ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި އެ އެކުސިޑެންޓުގައި މަރުވެފައިވަނީ ލ. އިސްދޫ، ބީޗްހައުސް، ޢުމުރުން 23 އަހަރުގެ ޙަސަން ސަމާހްއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލު ޖެހިގެންނެވެ. ސައިކަލު ދުއްވަންއިން ސަމާހް މަރުވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.
ހުޅުމާލޭ ސެންޓަރަލް ޕާކުގައި ހިނގި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވުމާ ގުޅިގެން، ޝަރީޢަތް ނިމެންދެން ބަންދުކުރި މުޙައްމަދު ވިސާމް ސިދުޤީގެ ބަންދުގެ މުއްދަތު ހައިކޯޓުންވެސް ވަނީ ދަމަހައްޓާފައެވެ.

-01.jpg&w=3840&q=75)
