logo
MPL

MPL

ޚަބަރު

ބްރިޖުގައި އިއްޔެ ހިނގި އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓައިފި

އަޙުމަދު ރިޝާން
22 އޯގަސްޓު 2026 - 14:29
Screenshot
Screenshot

ސިނަމާލެ ބްރިޖުން ހުޅުމާލެއަށް އަރާ ހަލިމަގުގައި އިއްޔެ ހިނގި އެކްސިޑެންޓާ ގުޅިގެން އެ ކާރު ދުއްވަން އިން ބ. ކަމަދޫ، ހަސަން ރިފާއުގެ ޑްރައިވިން ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނިގޮތުގައި، އިއްޔެ ހެނދުނު 8:42 ހާއިރު ހިނގި މި ހާދިސާގައި، ކޮންޓްރޯލް ނުވެ ގޮސް ކާރު ޖެހިފައިވަނީ މަގުމަތީގައި ހުރި ސޯލާޕެނަލްތަކުގައެވެ. މި އެކްސިޑެންޓްގެ ސަބަބުން ސޯލާޕެނަލްތަކަށާއި ކާރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ކާރުގެ ބައިތައް ނެއްޓި އެ ސަރަހައްދަށް ވެއްޓިފައިވެއެވެ. އަދި ޑިއުޓީއާއި ފްރެއިޓް ހިމަނައިގެން ގާތްގަނޑަކަށް 19 މިލިއަނަށް ވުރެ ބޮޑު ލަމްބޯގިނީ ވަނީ މުޅިން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާ ހިނގިއިރު ކާރު ދުއްވަން އިނީ ބ. ކަމަދޫ، ހަސަން ރިފާއު ކަމަށާއި، އޭނާއާއެކު ކާރުގައި 13 އަހަރުގެ ކުޑަކުއްޖެއްވެސް އިން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި އެކްސިޑެންޓްގައި ދެ މީހުންނަށްވެސް އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މި މައްސަލައާ ގުޅިގެން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު، ކާރުގެ ބައިތައް މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރިޖުގައި އިއްޔެ ހިނގި އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓައިފިޚަބަރު | ގަޑިއިރެއް ކުރިންސަމާހުގެ މަރު: ކާރު ދުއްވި މުޙައްމަދު ވިސާމްގެ މައްޗަށް ދަޢުވާ ކުރަން ފޮނުވައިފި ޚަބަރު | 2 އަހަރު ކުރިންކާރު އެކްސިޑެންޓް: އަނިޔާދިނުމާއި އެހީތެރިނުވުމުގެ ދައުވާ އުފުލައިފި ޚަބަރު | 2 އަހަރު ކުރިން