logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ތަޞައްވުރާ އެއްގޮތަށް ރަސްމާލޭގެ މަސައްކަތްތައް ދަނީ ކުރިއަށް: ރައީސް

މުޙައްމަދު އަފްރާޙް
30 މާރިޗު 2026 - 09:53
ތަޞައްވުރާ އެއްގޮތަށް ރަސްމާލޭގެ މަސައްކަތްތައް ދަނީ ކުރިއަށް: ރައީސް

ތަޞައްވުރާ އެއްގޮތަށް ރަސްމާލޭގެ މަސައްކަތްތައް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ބިންހިއްކުމުގެ މަސައްކަތްތަކަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑު ދެ ޑްރެޖަރު ބޭނުންކޮށްގެން، 24 ގަޑިއިރު އެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ޖުމުލަ 3 ޑްރެޖަރު ބޭނުންކުރާކަމަށާއި ސަރުކާރުން އަމާޒު ހިފާފައިވަނީ އެޕްރީލްމަހުގެ ނިޔަލަށް ރަސްމާލެ ހިއްކުމަށްކަމަށް ވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އަމާޒަށް މަސައްކަތްތައް ކުރިއަށްގެންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރުވެސް 500އެއްހާ ހެކްޓަރު ހިއްކާ ނިމިފައިވާ ކަމަށެވެ. އަދި ޕްލޭނިންއާއި އިންފްރާސްޓްރަކްޗަރއަށް ބޭނުންވާ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވާ ވިދާޅުވީ ބޭނުންވަނީ ގެދޮރު ހޯދުމަށް ފޯމު ހުށައަޅަން ހުޅުވާލާފައިވާ މުއްދަތުގެ ކުރިން ބިން ހިއްކުމުގެ މަސައްކަތް ނިންމަން ކަމަށެވެ.

މީގެއިތުރުން ކުރީ ސަރުކާރުން ހެދި ގޮތް ނުހަދާނެ ކަމަށާއި ރަސްމާލެއާއި މާލެއާއި ދެމެދު ދަތުރުކުރާނެ ކަނެކްޓިވިޓީއެއް އެޅުމާ ގުޅޭ ސަރވޭތައް ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ފަންނީ އަދި ޓެކްނިކަލް ދިރާސާތައް ކުރިއަށްދާކަމަށާއި ގޮތެއް ނިންމާނީ އެއަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢަކީ ބޯހިޔާވަހިކަމަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫޢެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ގެނެސްދޭނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18ވަނަ ދުވަހުއެވެ. މަސައްކަތްތައް އަވަސްކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށް މަސައްކަތް ފެށީ މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަޞައްވުރާ އެއްގޮތަށް ރަސްމާލޭގެ މަސައްކަތްތައް ދަނީ ކުރިއަށް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންދަނޑިވަޅުގެ ބޭނުން ހިފާ، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ރާއްޖެ ގެންނަންޖެހޭ: ރައީސް ޚަބަރު | 5 ގަޑިއިރު ކުރިންގޯތި ލިބިފައިވާ މީހުންނަށް ފްލެޓަށް ލެވޭގޮތަށް ހުޅުވާލަނީޚަބަރު | 6 ގަޑިއިރު ކުރިންމަޖިލީސް މެންބަރުންގެ ރީ-ކޯލް ވޯޓެއް ތައާރަފުކުރުމުގެ މަޝްވަރާތައް ދަނީ ކުރިއަށް: ރައީސްޚަބަރު | 6 ގަޑިއިރު ކުރިން